ނަޝީދު މިރޭ މޯލްޓާއަށް ފުރައިވަޑައިގަންނަވަނީ

ނަޝީދު މިރޭ މޯލްޓާއަށް ފުރައިވަޑައިގަންނަވަނީ

Author
މުޙައްމަދު ޖިމީ
02 މާރޗް 2022 01:06
0

މޯލްޓާގައި އޮނަން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެޤައުމަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިރޭ މޯލްޓާއަށް ފުރައިވަޑައިގަންނަވާނެކަމަށެވެ.

އެ ދަތުރުފުޅަކީ މޯލްޓާގައި ބާއްވާ ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސްގެ ޗެއާމަން އަބްދުލް އަޒީޒް ސައުދު އަލް ބަޓަން އެ ޖަމިއްޔާގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ދަޢުވަތެއްކަމަށް ނަޝީދު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށްވެސް ދަޢުވަތު ލިބިވަޑައިގެންފައިވާތީ މި ދަތުރުފުލުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ނިންމާފައިވަނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުކަމަށްވުމުން އެ ހަފްތާގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސްއަކީ ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރާ، އެ ސަގާފަތް ކުރިއަށްއޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.