ސަރުކާރު ވައްޓާނުލެވިގެން އުޅެނީ އެމްޑީޕީގެ އެތެރެއިން: ސަޢީދު

ސަރުކާރު ވައްޓާނުލެވިގެން އުޅެނީ އެމްޑީޕީގެ އެތެރެއިން: ސަޢީދު

ގުޅުންހުރި

ސަރުކާރު ވައްޓާނުލެވިގެން އުޅެނީ އެމްޑީޕީ ތެރެއިންކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު އެމްޑީޕީ މެންބަރުންނަށް ރައްދު ދެއްވައިފިއެވެ.

"މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް"ގެ ނަމުގައި ރައީސް އުފެއްދެވި އިދާރާއަށް ގެނައި ބަދަލާއި ގުލިގެން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، ހައިޑްރޮގުރަފީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުތަކުގެ މަޢުލޫމާތު ދިވެހި ސަރުކާރަށް ލިބެނީ އިންޑިއާއިން ހިއްސާކުރުމުންކަމަށެވެ.

ހައިޑްރޯގްރަފީ ހެދުމަށް އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން އެކުލަވާލީ ޤާނޫނާ ޚިލާފަށްކަމަށް ސަޢީދު ވިދާޅުވިއެވެ. އޭނާ ރާއްޖޭގެ ކަނޑާއި ކަނޑުގެ އަޑީގެ ހުރިހާ ކުރެހުންތައް ސަރުކާރުން އިންޑިއާއަށް ވިއްކާލާފައިވާ ކަމަށެވެ.

ސަޢީދު ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމާއި ހައިޑްރޮގުރަފީ އެއްބަސްވުން ސަރުކާރަށް ހާމަނުކުރެވޭނެކަމަށެވެ. ސަޢީދުގެ މި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަގާ ވާހަކަފުޅަށް ހުރަސް އަޅުއްވާފައެވެ. އެ މެންބަރުން ވަނީ އިދިކޮޅު މެންބަރުން މަސައްކަތްކުރައްވަނީ ފިތުނަ އުފައްދާ ސަރުކާރު ވައްޓާލުމަށްކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް އުފެދިފައިވާ ޚިޔާލުތަފާތުވުން މަޖިލީހުގެ ތަޅުމާއި ހަމައަށް އައިސްފައިވުމާއެކު ސަޢީދު ވަނީ ސަރުކާރު ވައްޓާނުލެވިގެންވެސް އުޅެނީ އެމްޑީޕީން ތެރެއިންކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ޞާލިޙަށް ވަނީ ނުބައި ހުވައެއް ކޮށްދެއްވާފައިކަމަށެވެ.

އޭނާ އެ ވިދާޅުވީ ރައީސް ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމުން ނާއިބު ރައީސް ރައީސްގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމަށް ހުވައި ކުރެއްވުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ