އިރާނުން އެދެނީ ޔޫކުރެއިންގެ ހަނގުރާއަށް ނިމުން އައުންކަމަށާއި، އެހެންނަމަވެސް މި ކާރިސާއަކީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ސިޔާސަތުސަތުގެ ސަބަބުން އުފަންވި ކާރިސާއެެއް ކަމުގައި އިރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލި ޚާމެނެއި ވިދާޅުވެއްޖެއެވެ.
"ޔޫކުރެއިން ކާއިސާގައި އަހަރެމެން ބޭނުންވަނީ އެ ހަނގުރާމައަށް ނިމުން އައުން،" ޓީވީ މެދުވެރިކޮށް އަންގާރަދުވަހު ވާހަކަ ދައްކަވަމުން ޚާމެނެއި ވިދާޅުވެފައި ވެއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެހެންނަމެސް ކާރިސާއަކުން ސަލާމަތް ވެވޭނީ އެ ކާރިސާއެއްގެ އަސްލު ސަބަބުތަކަށް އެގިގެން ކަމަށާއި، އަދި އެ ސަބަބުތަކަކީ ހުޅަނގުގެ ގައުމުތަކުގެ ސިޔާސަތުތައް ކަމުގައެވެ.
ޚާމަނެއި ވިދާޅުވި ގޮތުގައި، އެމެރިކާގައި އޮތް "މާފިއާ" ސަރުކާރުން ދަނީ ދުނިޔޭގައި ބައިވަރު ކާރިސާތައް އުފައްދަމުން ކަމަށާއި، އޭގެ ތެރޭގައި އައިސިސްވެސް ހިމެނޭ ކަމަށެވެ. އަދި ހަމަ އެއާއެކު މީގެތެރޭގައި ގައުމުތަކުގެ ސަރުކާރުތައް ބަދަލުވުން މަޖުބޫރު ކުރުވުމާއި އަދި ހުޅަނގުގެ ގައުމުތަކުން ތާއީދުކުރާ ސަރުކާރުތައް އެއަށްފަހު މި ގައުމުތަކުގައި އެކުލަވާލުން ހިމެނޭކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އިރާނުގެ ރޫޙާނީ ލީޑަރު ވިދާޅުވި ގޮތުގައި ޔޫކުރެއިންއކީ ހުޅަނގުގެ މި ސިޔާސަތުގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމަށާއި، ޔޫކުރެއިން މިހާލަތަށް ގެނެސްފައިވަނީ މިސިޔާސަތުތައް ކަމަށެވެ.
ޔޫކުރެއިންގެ ހާލަތާއި ގުޅޭގޮތުން ގަޑިއެއްހާއިރު ވަންދެން ދެއްވި މި ތަގުރީރުގައި އިރާނުގެ ރޫޙާނީ ލީޑަރު އެންމެ ފަހަރަކުވެސް ރަޝިއާގެ ނަން ގެންނަވާފައެއް ނުވެއެވެ.
ރޫހެނީ ވިދާޅުވި ގޮތުގައި ޔޫކުރެއިންގެ ކާރިސާއިން ދެ ފިލާވަޅެއް ލިބިގަންނަން ޖެހެއެވެ. އެއީ ހުޅަނގުގެ ގައުމުތަކަށް އިތުބާރު ނުކުރެވޭނެ ކަމާއި، އާންމު ރައްޔިތުންގެ ތާޢީދަކި މުހިންމު އެއްޗެއް ކަމެވެ.
"ހުޅަނގުގެ ގައުމުތަކުން ބައެއް ސަރުކާރުތަކަށާއި، އަދި ސިޔާސީ ފަރާތްތަކަށް ކުރަމުންދާ ތާޢިދަކީ އަވާ މެންދުރެއްފަދަ ކަމެއް،" އެމެރިކާ ސިފައިން 20 އަހަރަށްފަހު އަފްއާނިސްތާނުން ފޭބި ފޭބުމާއި އަދި އެއަށްފަހު އެގައުމު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ދިޔަދިއުމަށް އިޝާރާތް ކުރައްވާ ޚާމަނެއި ވިދާޅުވެފައި ވެއެވެ.
ޚަމަނެއި ވިދާޅުވި ގޮތުގައި ސަރުކާތައް ހަގީގަތުގައި ހިމާޔަތް ކުރާނީ ރައްޔިތުން ކަމަށާއި، ޔޫކުރެއިންގެ ރައްޔިތުންގެ ތާއީދު އެގައުމުގެ ސަރުކާރަށް އޮތްނަމަ، މިއަދު އެގައުމު އޮތް ހާލަތަށް އަންނާކަށް ނުޖެހުނީސްކަމުގައިވެސް މި ތަގުރީރުގައި ޚާމެނެއި ވިދާޅުވެފައި ވެއެވެ.