ނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ މީހާގެ މަރަކީ ކޯވިޑް މަރެއްތޯ ކަށަވަރުކުރަނީ

ނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ މީހާގެ މަރަކީ ކޯވިޑް މަރެއްތޯ ކަށަވަރުކުރަނީ

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2020 07:37
0

ނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ގެންދިޔަ ބިދޭސީ މީހާގެ މަރަކީ ކޮވިޑް މަރެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް ނިޔާވެގެން ގެންދިޔަ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހަކު، އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކޯވިޑް-19 އަށް ޓެސްޓު ކުރުމުން އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް މިމީހާގެ މަރަކީ ކޯވިޑް މަރެއްތޯ ކަނޑައެޅުމުގެ މަސައްކަތް މިހާރު އެޗްއީއޯސީން ދަނީ ކުރަމުންނެވެ.

ރާއްޖޭގައިން ކޯވިޑް-19 ޖެހިގެން މިހާތަނަށް 39 މީހަކު ނިޔާވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 32 ދިވެހިންނާއި 7 ބިދޭސީއެކެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 11،962 އަށް އަރާފައިވާއިރު މިހާރުވެސް ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންޑާ 850 މީހުން އެބަތިއްބެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 11،066 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 50 މީހަކަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.