ނަޝީދު ވިދާޅުވަނީ ކުރީގެ ރައީސުންގެ އަބުރުވެސް ކަތިލީފަދައިން މިހާރުގެ ރައީސްގެވެސް އބުރު ކަތިލެވެން ވާނެކަމަށް

ރައީސަށް ލިބިދީފައިވާ ބާރުގެ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް: ނަޝީދު

ރައީސަށް ލިބިދީފައިވާ ބާރުގެ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް: ނަޝީދު

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިބި އެމްޑީޕީގެ ބައެއް ބޭފުޅުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމުގެ ތުހުމާއިއެކު ރައީސް ޞާލިހުވެސް އިންނަވާ ވަޓްސް އަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ބޭނުން ރައީސް ޞާލިހު ކުރައްވަމުން ގެންދަވަނީ ވަރަށް ސިޔާސީ ގޮތަކަށް ކަމުގައެވެ. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގުމުގެ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު މިބާރުތަކުގެ ބޭނުން ކުރަމުންދަނީ ސިޔާސީ ގޮތަކަށް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ މި ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް، ޕާޓީން މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން، ނުވާނެ. ވަކި ކުރަނީނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެމްޑީޕީގެ މެމްބަރުންނަށާއި، ސިޔާސީ މަޤާމުތައް ފުރުއްވާ އެމްޑީޕީގެ ބޭފުޅުންނަށް ވަކި ގޮތަކަށް ތާއީދު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ވަގުތެއްގައެވެ.

މިއިންތިޚާބުގައި ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ މިނިސްޓަރ ފައްޔާޒު އިސްލާއި، އިމްތިޔާޒު ފަހުމީގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމަކީ ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއިންތިޚާބަކީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއް ސާފުވެގެންދާނެ އިންތިޚާބެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *