ކޯވިޑަށް ރާއްޖޭގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ނިޔާވެފައިވަނީ އުމުރން 87 އަހަރުގެ މީހެއް ކަމަށެވެ. ނިޔާވެފައިވަނީ ހދ.މަކުނޫ ހޮސްޕިޓަލަށް ގެންދިޔަ މީހެއްކަމަށް ވަނީ ބުނެފައެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 297 އަށް އަރާފައެވެ. މިމީހާ ނިޔާނީ މިއަދު ހަވީރު 5:40ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އިއްޔެވެސް ރާއްޖެއިން ވަނީ ކޯވިޑްގައި މީހަކު ނިޔާވެފައެވެ. އަދި މިއީ މިބަލީގައި މިމަހު ނިޔާވި 20 ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 15،211 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 14 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.