ސުވިފްޓުން ރަޝިއާ ސަސްޕެންޑު ކުރަން ތައްޔާރު ވެއްޖެ

ސުވިފްޓުން ރަޝިއާ ސަސްޕެންޑު ކުރަން ތައްޔާރު ވެއްޖެ

ގުޅުންހުރި

ރަޝިއާގެ ފައިނޭންޝަލް ސިސްޓަމް ދުނިޔޭގެ ފައިނޭންޝަން ސިސްޓަމާއި ވަކިކޮށް، އެއްވެސް ބާވަތެއްގެ ފައިސާގެ މުޢާމަމާތެއް ރަޝިއާގެ ކުންފުނިތަކާއި ރަޝިއާގެ ބޭންކުތަކުން ކުރުން ހުއްޓުވުމަކަށް ގަނައުމުގެ ގޮތުން، ސްވިފްޓް އިންޓަރނޭޝަނަލް ޕޭމަންޓު ސިސްޓަމުން ރަޝިއާ ބޭރުކުރުމަށްޓަކާ ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް އެ ކުންފުނިން ތައްޔާރު ވަމުން ދާކަމުގައި ސުވިފްޓް (SWIFT) އިން ބުނެފިއެވެ.

"އަހަރެމެން މިދަނީ ސުވިފްޓުން ބޭރުކުރަން ޖެހޭ މުވައްސަސާތަކުގެ ތަފްސީލު އެކުލަވާލުމަށް ޔޫރަޕްގެ އޮތޯރިޓީތަކާއި މުޢާމަލާތް ކުރަމުން. އަދި ގާނޫނީގޮތުން އަންގާ އެންގުންތައް އަހަރެމެން ތަންފީޒު ކުރަމުން ދާންނަ،" ސުވިފްޓުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އިގިރޭސިވިލާތާއި އަދު ޔޫރަޕް އިންތިހާދުގެ ގައުމުތަކުން ރޭގެ ވަގުތެއްގައިވަނީ، ރަޝިއާ ސުވިފްޓް ނެޓްވާކުން ބޭރު ކުރުމަށް ނިންމާފައެވެ. އަދި މުޅި ދުނިޔޭގެ މާލީ ނިޒާމާއި ރަޝިއާއި އޮތް ގުޅުން ކަނޑުވާ ސުވިފްޓް އިންޓަރނޭޝަނަލް ބޭންކިން ސިސްޓަމާއި ރަޝިއާގެ ބޭންކުތަކާއި އޮތް ގުޅުން މި ނިންމުމާއިއެކު ކެނޑިގެން ދާނޭކަމަށްވެސް އިނގިރޭސި ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

"ޕުޓިން އޭނާގެ އުދުވާންގެ އަގު ދަންކަން ޖެހޭނެކަން އަހަރެމެން ޔަގީން ކުރާނަން." އިނގިރޭސި ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

އެމެރިކާ، ފްރާންސް، ކެނެޑާ، އިޓަލީ، އިންގިރޭސިވިލާތް އަދި ޔޫރަޕިއަން ކޮމިޝަންއިންވަނީ ހުރިހާ ގައުމުތަކެއް އެކުވެގެން ރަޝިއާ ސުވިފްޓުން ބޭރުކުރުމަށް ނިންމާފައެވެ. އަދި މި ގައުމުތަކުން ވަނީ، ރަޝިއާގެ ސެންޓްރަލް ބޭންކަށް، އެގައުމުގެ ފައިސާ ރުބެލްގެ އަގު ހިފެއްޓުމަށް ލިބިފައިވާ ގާބިލްކަން ދަށްކުރުމަށްވެސް ނިންމާފައެވެ.

ސޮސައިޓީ ފޯރ ވާރލްޑްވައިޑް އިންޓަރބޭންކު ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން (SWIFT) ނެޓްވާރކުން ރަޝިއާ ބޭރުކުރުމަކީ، ރަޝިއާއިން ދުނިޔޭގެ ގިނަ ގައުމުތަކާއެކީ ވިޔަފާރީގެގުޅުން ދެމެހެއްޓުން ހުއްޓުމަކަށް އައިސް، ރަޝިއާގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާނޭ ވަރުގެ، އެގައުމަށް ދެވޭ ވަރުގަދަ އަދަބަކަށް ވެގެން ދާނެއެވެ. އަދި ޔޫރަޕްގެ ގައުމުތަކަކީ ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުތަކަށް ވާއިރު، ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމުގައިވާ ޖަޕާންއިންވެސް ވަނީ އެގައުމުންވެސް ސުވިފްޓުން ރަޝިއާ ބޭރުކުރުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

ސުވިފްޓްއަކީ ފައިސާ ޓްރާންސްފަރ ކުރުމަށާއި އަދި އެނޫން މުޢާމަލާތްތައް ކުރުމަށްޓަކާ، ރައްކާތެރިކަމާއިއެކީ މެސެޖުތައް ފޮނުވުމަށް ދުނިޔޭގެ ބޭންކުތަކުން ބޭނުންކުރާ ނެޓްވާރކެކެވެ.

މިގޮތުން މުޅި ދުނިޔޭގައި 11،000 މާލީ މުވައްސަސާތަކުން ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުގައި ސުވިފްޓިގެ ބޭނުން ކުރަމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން ސުވިފްޓް ވެގެން ގޮސްފައިވަނީ އިންޓަރނޭޝަނަލް ފައިނޭންޝަލް ޓްރާންސްފަރ ސިސްޓަމްގެ މައި ބަދަ ކަމުގައެވެ.

ރަޝިއަން ނޭޝަނަލް ސުވިފްޓް އެސޯސިޢޭޝަންއިން ހާމަ ކޮށްފައިވާ ގޮތުން އެމެރިކާ ފިޔަވާ، އެެންމެ ގިނައަދަތަކަށް ސުވިފްޓުގެ ބޭނުން ކުރަމުންދަނީ ރަޝިއާގެ ފައިނޭނަޝަލް މުވައްސަސާތަކުންނެވެ. މިގޮތުން ރަޝިއާގެ 300 އަށްވުރެ ގިނަ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން މި ނެޓްވާރކް މިއަދު ބޭނުން ކުރަމުން ދެއެވެ.

އަދި ރަޝިއާގެ މާލީ އިދާރާތަކުގެ ދެބައިކޮށްފަ އެއްބަޔަށްވުރެ ގިނަ މުވައްސަސާތަކަކީ ސުވިފްޓުގެ މެމްބަރުންނެވެ.

ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، ރަޝިއާ ސްވިފްޓު ނެޓްވާރކުން ބޭރު ކޮށްލެވިގެން ދިއުމަކީ، މިވަގުތު އެގައުމުގެ އިގްތިސާދަށް ތަހައްމަލް ކުރަންޖެހޭނޭ، ވަަރަށްވެސް ވޭންދެނިވި، އަގު ބޮޑު ގޮންޖެހުމަކަށް ވެގެން ދާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ހުލަނގުގެ ގައުމުތަކުން އުއްމީދު ކުރަމުންދާ ނަތީޖާ، ޔޫކުރެއިންއާއި ދެކޮޅަށް ރަޝިއާގެ ރައީސް ޕުޓިން ހިންގަމުންދާ އުދުވާން ހުއްޓުމަކަށް ގެނެވޭނެތޯ، މިއީ އަދި މި ނަތީޖާއަށް އިންތިޒާރު ކުރަން ޖެހިފައި އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ