ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު 296 އަށް

ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު 296 އަށް

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2022 09:50
0

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މީހަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި 79 އަހަރުގެ ދިވެހި އަންހެން މީހާއަކީ ށ.އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއްކަމަށާއި އޭނާ ނިޔާވީ ރޭ ފަތިހު 04:55 ގައި ކަމަށެވެ. މިއީ ރާއްޖޭގެ 296 ވަނަ ކޯވިޑް މަރެވެ.

އަދި މިއީ މިބަލީގައި މިމަހުގެ ނިޔާވި 18 ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 15،356 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 20 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.