އެމްއެންޕީގެ ކޮންގްރެސް ޖުލައި މަހު

އެމްއެންޕީގެ ކޮންގްރެސް ޖުލައި މަހު

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2022 06:37
0

އެމްއެންޕީގެ ކޮންގްރެސް އަންނަ ޖުލައި މަހުގެ ތެރެގައި ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

އެމްއެންޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާން އަޝްރާ އަޙްމަދު ވިދާޅުވީ، އެމްއެންޕީ އުފެއްދުމުގެ ޖަލްސާ މިއަަހަރު ޖުލައި މަހުގެ 7 އިން 9 އަކަށް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

މިއިންތިޚާބުގައި އެމްއެންޕީގެ ރައީސް، އަދި ރާއްޖެއިން ބޭރުގައި އުޅޭ އެޕާޓީގެ މެމްބަރުންގެ ތެރެއިންް ނައިބް ރައީސެއް އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމްއެންޕީގެ ނާއިބު ރައީސުންނާއި ޒުވާނުން އަދި އަންހެނުންގެ ގޮތްޕަށް ދާއިމީ ލީޑަރަކު އިންތިހާބުކުރުމަށް އެޕާޓީގެ އެތެރޭގެ އިންތިޚާބު އަންނަ ޖޫން މަހުގެ 18ވަނަ ދުވަހު އިންތިހާބެއް ބާއްވުމަށް ވަނީ ނިންމާފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހު 5،000 ވުރެ ގިނަ މެންބަރުންގެ ފޯމާ އެކުއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ބަލާއިރު މިހާރު އެމްއެންޕީގައި 8432 މެމްބަރުން އެބަތިބިއެވެ. މިއީ ރާއްޖޭގެ އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީއަށްވާއިރު، މީގެ ކުރިން އުފެދި އެތައް އަހަރެއް ވެފައިވާ ޕާޓީތަކުގެ މެމްބަރުންގެ އަދަދު 3،000 އަށްވެސް ނާރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.