ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވިން ޑަރ ލެޔެނެ: އީޔޫންއިންވަނީ ރަޝިއާ ސުވިފްޓުން ބޭރުކުރާނެ ކަމުގެ އިންޒާރު އެތައް ފަހަރެއްގެ މަތިޖް ދީފަ

އީޔޫއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާގެ އިގުތިސާދު ފުނޑު ފުނޑު ކޮށްލާނެ: ޔޫރަޕއަން ކޮމިޝަންގެ ރައީސް

އީޔޫއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާގެ އިގުތިސާދު ފުނޑު ފުނޑު ކޮށްލާނެ: ޔޫރަޕއަން ކޮމިޝަންގެ ރައީސް

ޔޫރަމިއަން ޔޫޕިއަންއިން ރަޝިއާއާއި ދެކޮޅަށް އަޅާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާގެ އިގްތިސާދު ފުނޑު ފުނޑު ކޮށްލާނެކަމަށް ވިދާޅުވެ، ރަޝިއާއި ދެކޮޅަށް އަޅާނޭ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އޮނިގަޑު ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވިން ޑަރ ލެޔެން ހާމަ ކުރައްވައިފިއެވެ.

ބްރަސަލްސްގައި ވާހަކަ ދައްކަވަމުން، ރަޝިއާއި ދެކޮޅަށް އަޅަން ނިންމާފައިވާ ކަމަށް، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އިއުލާން ކުރައްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިޔޫގައި ހުރި ރަޝިއާގެ އެސެޓްތައް ފްރީޒް ކުރުމާއި، އަދި އޭގެ އިތުރުން ރަޝިއާގެ ބޭންކުތަކަށް ޔޫރަޕިއަން ފައިނޭންޝަލް މާރކެޓްތަކަށް ވަނުމުގެ ފުރުސަތު ބަންދުކުރުން ހިމެނެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވިދާޅުވި ގޮތުގައި މިގޮތުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ޔޫކުރެއިންގެ އިގްތިސާދުގެ ކެޕިޓަލް އައުޓުފްލޯ އިންތިހާއަށް މަތިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން މަތިވެ، އަދި އެންމެފަހުން ރަޝިއާގެ އިންޑަސްޓްރީތައް އެކީ ހަލާކުވެގެން ދާނެކަމަށެވެ.

އަދި މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި ހައިޓެކް ކުންފުނިތަކުން ރަޝިއާއި މުޢާމަލާތު ކުރުމަށް ދަތިކޮށް، ކަޓިން-އެޖް ސޮފްޓެވެއަރތަކަށް ބޭނުންވާ ހައި-ޓެލް ކޮމްޕޯނެންޓްތައް ރަޝިއާއަށް ލިބުން ދަތިކުރާނެ ކަމަށްވެސް މިއަދު ޔޫރަޕިއަން ޔޫނިއަންއިންވަނީ ހާމަ ކޮށްފައެވެ.

ޔޫރަޕިއަން ޔޫނިއަން ރަޝިއާއި ދެކޮޅަށް އަޅާނެ އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައިގަޑު އަސާސްތައް ހާމަކޮށްފައި ވާއިރު، އެމެރިކާ އަދި އިނގިރޭސިވިލާތުންވެސް ދަނީ ރަޝިއާއި ދެކޮލަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް ހާމަކުރުމަށް ތައްޔާރު ވަމުންނެވެ.

މިގޮތުން އިނގިރޭސިވިލާތުގެ ރައްޔިތުންނާ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ، ރަޝިއާއިން ޔޫކުރެއިން އުދުވާނީ ހަމަލާ ދޭން ފެށުމާއި ގުޅިގެން، ރަޝިޔާގެ އިގުތިސާދަށް ބޮޑެތި ގެއްލުން ދެނިވި ފިޔަޅުވަޅުތައް އެގައުމުން އަޅާނެ ކަމަށެވެ.

އަދި ރަޝިއާގެ ރައީސް ޕުޓިންއަކީ ޚުދުމުޚްތާރު ވެރިއެއްކަމުގައި ވިދާޅުވަމުން، ޖޯންސަން ވިދާޅުވެފައިވަނީ، ޔޫރަޕް ސަރަހައްދުގައި ބޮޑު ހަގުރާމައެއް ޕުޓިން ފެށިފެށުން ކުށްވެރި ކުރައްވާފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށުމާއި ގުޅިގެން ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަން ފެއްޓުމުގެ ކުރިން ފްރާންސްގެ ރައީސް އެމަނުލް މެކްރޮން ވަނީ ޔޫކުރެއިންގެ ރައްޔިތުންނަށް ސެލިއުޓު ކުރައްވާފައެވެ. "އެމީހުންގެ މިނިވަންކަމަކީ އަހަރެމެންގެވެސް މިނިވަންކަން،" މެކްރޮން ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުން ޔޫރަޕްގެ އިއްތިހާދުން ރަޝިއާގެ އަސްކަރިއްޔާއަށާއި، އިގްތިސާދަށާއި އަދި ރަޝިއާގެ ހަކަތަ ސިނާއަތަށް އަމާޒުކޮށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިވަޅުތައް އަޅާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *