ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދެއްކީ ހުވަފެން، އިޤްތިޞާދު އޮތީ ހުއްޓިފަ: ޝަރީފް

ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދެއްކީ ހުވަފެން، އިޤްތިޞާދު އޮތީ ހުއްޓިފަ: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2022 05:38
0

މިސަރުކާރުން ވެރިކަމަށް އައުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްކީ ހުވަފެން ކަމަށާއި، ވެފައިވާ އެއްވެސް ވައުދެއް އަދާއިހަމަޔަށްވެސް ފުއްދިފައި ނުވާކަމަށް އެމްއެންޕީގެ ސައުތު ރީޖަންގެ ނާއިބު ރައީސް އަހުމަދު ޝަރީފް (ސައިރިކް ޝަރީފް) ވިދާޅުވެއްޖެއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުނ ޝަރީފް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޮޑެތި ވައުދުތައް ވެފައިވާކަމަށެވެ. އޭގެ އެއްވެސް ކަމެއް ނުހިނގައި އައްޑޫގެ އިޤްތިސާދު އޮތީ ހުއްޓުމެއްގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

މިސަރުކާރު އައީ އައްޑޫ ރައްޔިތުންނަށް ވަރަށް ބޮޑެތި ވައުދުތަކާއިއެކު. އައްޑޫސިޓީއަށް ވަރަށް ގިނަ ވައުދުތަކެއް ވެގެން. އައްޑޫ ގައި އިޤްތިޞާދީ ހަރަކާތް ނުދާތީ އެކަން ވަރަށް ބޮޑަށް ކަންބޮޑުވަން. ކޮށްދޭން ބުނި ގިނަ ކަންކަން މިހާރުވެސް ނުފެށި ހުރީ ހުއްޓިފަ.

– ޝަރީފް ވިދާޅުވިއެވެ.

އޭނާ ވަނީ ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އަޅާނުލައިހުރި ބައެއް ކަންކަމަށް އަލި އަޅުވާލާފައެވެ. އެގޮތުން އައްޑޫ އެއާޕޯޓަށް 5 ގައުމަކުން ދަޔުރުކުރާނެކަމަށް ބުނެ ހުވަފެން ދައްކާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައްޑޫ ޓުވަރިޒަމްގެ ބެޑް ކެޕޭސިޓީ 8،000 ބެޑު ތަރައްޤީ ކުރާނެކަމަށް ވައުދުވި ކަމަށާއި، ނަމަވެސް އެކަންވެސް ވާތަނެއް ނުފެންނަ ކަމަށެވެ.

މީގެ އިތުރުން ސިޓީ އައްޑޫ ޝަންގްރިއްލާ މިއަދާއި ހަމައަށްވެސް ވަނީ ހުއްޓިފައި ކަމަށާއި، މިކަމުގެ ސަބަބުން އެތައް ޒުވާނުންގެ ވަޒީފާއަށް ހުރަސް އެޅި ޒުވާނުން މާޔޫސްވެފައިވާކަމަށެވެ. އައްޑޫ ޕޯޓަކީވެސް އިންޓަރނޭޝަނަލް ޕޯޓެއްކަމަށް ކުލަހުވަފެން ދެއްކިކަމަށާއި، އދާއި ހަމަޔަށްވެސް އެތަންވެސް އޮތީ ކުރިންވެސް އޮތް ހާލަތުގައިކަމަށް އޭނާ ވިދާޅުވި. މިއާއިއެކު ދޫގަސްވެސް ސަރުކާރު ކުންފުންޏެއްގެ ދަށުގައި އޮންނަތާ އެތައް ދުވަހެއް ވެގެންދިޔައިރުވެސް އައްޑޫއަށް އެތަނުންވެސް މަންފާއެއް ނުކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ބުނަމުންދަނީ، ފަޅު ތެރޭގައި ހިއްކައިގެން ފްލޯޓިން ސިޓީތަކެއް ނުވަތަ އިޤްތިޞާދު ކުރާނެ ވާހަކަ ކަމަށާއި، ނަމަވެސް ހިއްކައިނިމި ދިރިއުޅެމުންދާ ބިންތަކުގައި ކަމެއް ނުކުރެވޭ ބަޔަކަށް ތަނެއް ހިއްކައިގެން ކަމެއް ކުރެވިދާނެތޯ ޝަރީފް ވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.