ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު

އެމްއެމްޕީއާރުސީގެ މައްސަލަ ކުރިއަށް ނުދަނީ އެ ވަބާގައި ޖެހުނު މީހުން ހުރިހާ ދިމާލެއްގައިި ތިބީމަ: ސަޢުދު

އެމްއެމްޕީއާރުސީގެ މައްސަލަ ކުރިއަށް ނުދަނީ އެ ވަބާގައި ޖެހުނު މީހުން ހުރިހާ ދިމާލެއްގައިި ތިބީމަ: ސަޢުދު

އެމްއެމްޕީއާރުސީގެ މައްސަލަ ކުރިއަށް ނުދަނީ ރާއްޖޭގެ ހުރިހާ ދިމާލެއްގައި އެ ޚިޔާނާތުގައި ޖެހުނު މީހުން ތިބުމުންކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދު ވިދާޅުވެއްޖެއެވެ.

ސަޢުދު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ތަޙްޤީޤް އެކަށީގެންވާގޮތެއްގައި ކުރެވި ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ސަޢުދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ތަހްގީގް ނުވެގެން ނޫޅޭކަމަށާއި، އެވަބާގައި ޖެހުނު މީހުން ރާއްޖޭގެ ހުރިހާ ދިމާލެއްގައި ތިބުމުން ކުރިއަށް ނުދަނީކަމަށެވެ. ސަޢުދު ވަނީ ކޮންމެ ތަނަކުން ބަޔަކު ގެނައިނަމަވެސް އެ މައްސަލަ ކުރިއަށް ނުދާނެކަމަށާއި، ރައްޔިތުންގެ މަޖިލިސް ތެރޭގައި ތިބީވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެގި މީހުންކަމަށް ވިދާޅުވެފައެވެ. ސަޢުދު ވިދާޅުވީ އެންމެ މުހިންމޫ އިޚްލާސްތެރިކަންކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަޚީ ރާއްޖޭޣައި ފަހުގެ ތާރީޚެއް ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ. ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުކުރެވޭ މިސަރުކާރުގެ އެއްވަޒީރަކީ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފެވެ. ނަމަވެސް މިހާތަނަށްވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކުރެވި މަޤާމުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *