ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮގުރާމުގެ ތެރެއިން ކ. މާފުށީ އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަޔް ފަށައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ، އެކުންފުނީގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް، ހުރިހާ އިންޖީނު ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ތެރެއިން ކ. މާފުށީ އިންޖީނުގޭ ފުރާޅުގައި 33.48kWp ގެ ރޫފްޓޮޕް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް މިއަދު ކުރިއަށްދާކަމަށެވެ.
މިކުންފުނީގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް، ހުރިހާ އިންޖީނު ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ތެރެއިން ކ. މާފުށީ އިންޖީނުގޭ ފުރާޅުގައި 33.48kWp ގެ ރޫފްޓޮޕް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. pic.twitter.com/7BNKdiFTE2
— STELCO (@STELCOMALDIVES) February 22, 2022
ސްޓެލްކޯއިން ދަނީ އެކުންފުނިން ޚިދުމަތްދޭ ރަށްތަކުގައި ހިންގާ އިންޖީނުގެތަކުގައި ސޯލާ ޕެނަލް ހަރުކޮށް، ތެލަށް ކުރެވޭ ޚަރަދު ކުދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެކުންފުނިން ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ސޯލާ ޕެނަލް ގަނެވޭނެ ޚާއްސަ ސްކީމެއް 2020 އަހަރު ތަޢާރަފް ކޮށްފައެވެ.
ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލްގެ އަގަކީ 30000 ރުފިޔާއެވެ. އިންސްޓޯލްމަންޓް އުސޫލުން މި ސްކީމުގައި ސޯލާ ޕެނަލް ގަނެވޭއިރު 3 ޕެކޭޖެއް މި ސްކީމުގައި ހިމެނެއެވެ. އެގޮތުން 3 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭގޮތަށް ހަމަޖައްސާފައިވާ ޕެކޭޖުގައި މަހެއްގެ މައްޗަށް އަށްސަތޭކަ އަށްޑިހަ އެއް ރުފިޔާ ދައްކަން ޖެހެއެވެ. 5 އަހަރުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ޕެކޭޖުގައި ކޮންމެ މަހަކު ހަސަތޭކަ އަތަރު ރުފިޔާ ދައްކަންޖެހެއެވެ. އަދި 7 އަހަރު ދުވަހަށް ހަމަޖައްސާފައިވާ ޕެކޭޖުގައި މަހަކު ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ދައްކަންޖެހޭކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އަދި މިއިން ކޮންމެ ޕެކޭޖެއް ނަގާއިރުވެސް ޑައުންޕޭމަންޓެއްގެ ގޮތުގައި 5000 ރުފިޔާ ދައްކަން ޖެހޭކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މި ސްކީމް އިފްތިތާޙްކޮށްދެއްވާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން މި ސްކީމް ތަޢާރަފުކޮށް ސޯލާ ޕެނަލް ދޫކުރުމުގެ މަޤްޞަދަކީ ކަރަންޓު އުފެއްދުމަށް ކުރާ ހޭދަ ކުޑަކޮށް ބިލުތައް ކުޑަކުރުންކަމަށެވެ.
ކޮމެންޓު ފޮނުވާ