ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

ނ. މިލަދޫގައި ބްރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ސައިކަލުގައި ރޯކޮށްލި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 22 އަހަރާއި 27 އަހަރުގެ އިތުރުން 31 އަހަރުގެ މީހެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހެއްގެ ސައިކަލައި ރޯކޮށްލި މައްސަލަ ހޯމް މިނިސްޓަރު އިމްރާން، އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރޯކޮށްލާފައިވަނީ މިލަދޫ ފުލުހުންގެ ޑެސްކުގެ އިންޗާޖު ސާޖެންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ކަމަށެވެ. ބަޔަކު މީހުން އޭނާގެ ސައިކަލުގައި ރޯކޮށްލާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން، އިންޒާރުދީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދު އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ނ.މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން، އެފުލުސް މީހާއަށް އިންޒާރުދީ އަދި ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލީކަމަށެވެ. ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވެސް ވަނީ އާއްމު ވެފައެވެ. ފުޓޭޖުން ފެންނަ ގޮތުގައި ސައިކަލްގައި އަލިފާން ރޯކޮށްލާފައި ވަނީ ގެއެއްގެ ގޯތިތެރޭގައި ސައިކަލް ހުއްޓައެވެ. އެކަން ކޮށްފައި ވަނީ ދެމީހަކު ބައިވެރިވެގެން ކަން ވެސް ވީޑިއޯ އިން އެނގެއެވެ. ނަމަވެސް ދެމީހުން ވެސް ތިބެނީ މޫނު ނިވާ ކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހަމަ ކަމަކާނުލާ ފުލުހުންގެ ސައިކަލެއްގައި ދިވެއްސަކު ރޯކޮށްލާނެކަމަށް ގަބޫލުނުކުރެވޭ ..ފުލުހުންވެސްމާބޮޑަށް ޚުދުމުހުތާރުވަންޏާ ތިކަހަލަކަންތައް ގިނަވާނެކަންހަމަޔަގީން…

Leave a Reply

Your email address will not be published. Required fields are marked *