އިންޒާރު ދިނުމަށްފަހު، ފުލުހެއްގެ ސައިކަލް ރޯކޮށްލައިފި

އިންޒާރު ދިނުމަށްފަހު، ފުލުހެއްގެ ސައިކަލް ރޯކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
18 ފެބްރުއަރީ 2022 01:21
0

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މީހަކު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހަކަށް އިންޒާރު ދިނުމަށްފަހު، އެނާގެ ކައިލަގައި ރޯކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނ.މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން، އެފުލުސް މީހާއަށް އިންޒާރުދީ އަދި ފުލުސް މީހާގެ ސައިކަލްގައި ރޭ އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް މިހާރު ވަނީ އާއްމު ވެފައެވެ. ފުޓޭޖުން ފެންނަ ގޮތުގައި ސައިކަލްގައި އަލިފާން ރޯކޮށްލާފައި ވަނީ ގެއެއްގެ ގޯތިތެރޭގައި ސައިކަލް ހުއްޓައެވެ. އެކަން ކޮށްފައި ވަނީ ދެމީހަކު ބައިވެރިވެގެން ކަން ވެސް ވީޑިއޯ އިން އެނގެއެވެ. ނަމަވެސް ދެމީހުން ވެސް ތިބެނީ މޫނު ނިވާ ކޮށްގެންނެވެ.

މިމައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. މިމައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.