ވީދަނޑުގައި ރޯވި އަލިފާން ނިއްވާލައިފި

ވީދަނޑުގައި ރޯވި އަލިފާން ނިއްވާލައިފި

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2022 08:44
0

ޏ.ފުވައްމުލަކު ހޯދަނޑު އަވަށާ ދިމާލުގައި އޮތް ވީދަނޑުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 18:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ވީދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި އަލިފާންގަނޑު މިރޭ 20:00 ގައި ނިއްވާލެވިފައިވާކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ފުވައްމުލަކު ވީދަނޑުގައި އަލިފާން ރޯވެފައިވެއެވެ. އެފަހަރު ވީދަނޑުގެ ގާތްގަނޑަކަށް 40000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ އަނދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.