އެޗްޑީސީގެ ނަމުގައި ފޭކް ކޯލްތަކެއް، ސަމާލުވޭ!

އެޗްޑީސީގެ ނަމުގައި ފޭކް ކޯލްތަކެއް، ސަމާލުވޭ!

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2022 09:22
0

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެކުންފުނިން އިލްތިމާސް ކޮށްފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި މޯބައިލް ނަންބަރުތަކުން އެކި މީހުންނަށް ގުޅާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެ ނަންބަރުތަކުން ގުޅުމަށްފަހު އެޗްޑީސީން ހިންގާ އެކި މަޝްރޫތަކުގެ ދަށުން ފްލެޓް ލިބުނު ކަމަށް ބުނާ ކަމަށާއި އެޗްޑީސީގެ ނަމުގައި އެ ފަރާތްތަކުގެ އެކި މައުލޫމާތު ހޯދަން މަސައްކަތް ކުރާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެެ.

އެކި މީހުންނަށް އެ ނަންބަރުންތަކުން ގުޅުމަށްފަހު ދައްކަނީ ތަފާތު ވާހަކަތަކެއް ދައްކައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ ނަމުގައި ފޭކް ކޯލްތައް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި ފައިސާގެ މުއާމަލާތަކާއު ގުޅިގެން މޯބައިލް ނަންބަރަކުން ގުޅައިފިނަމަ އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅައި ޔަގީން ކުރުމަށް ވެސް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.