އެމްއެންޕީން ފ.ނިލަންދޫ އަދި ދ.މީދޫ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް ވާދަކުރަނީ

އެމްއެންޕީން ފ.ނިލަންދޫ އަދި ދ.މީދޫ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް ވާދަކުރަނީ

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2022 08:35
0

ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ހުސްވެފައިވާ ގޮނޑިއަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަ ކުރުމަށް ނިންމައިފިއެވެ.

އެމްއެންޕީން ވަނީ އެދާއިރާތަކުގައި ތިބި އެމްއެންޕީއަށް ތާއީދުކުރާ އަދި އެޕާޓީގެ މެމްބަރުންނަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އެޕާޓީން ބުނެފައިވަނި މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންފުޅުވާ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 18 ފެބްރުއަރީ 2022 ވާ ހުކުރު ދުވަހުގެ 17:00 ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުއްވުން އެދޭކަމަށެވެ. ނުވަތަ އެމް.އެން.ޕީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމް ބަލައިގަނެވޭނެކަމަށް ވަނީ ބުނެފައެވެ.

އެމްއެންޕީގެ ފަރާތުން މިއިންތިޚާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށްދާނީ 20 ފެބްރުއަރީ 2022 ވާ (ހޯމަ) ދުވަހު ހެނދުނު 10:00 ން ހަވީރު 17:00 އަށް ފ.ނިލަންދޫ އަދި ދ.މީދޫ ދާއިރާގެ އިތުރުން މާލޭގެ އެމް.އެން.ޕީ އޮފީހުގައިކަމަށް އެމްއެންޕީން ބުނެއެވެ.

މިދެއިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.