ޖޭއެސްސީއަށް ސިޔާސީ ބާރުވެރިކަން ފޯރުމަށް މަޖިލިސް މެންބަރަކު އިންނަންޖެހޭ: ނަޝީދު

ޖޭއެސްސީއަށް ސިޔާސީ ބާރުވެރިކަން ފޯރުމަށް މަޖިލިސް މެންބަރަކު އިންނަންޖެހޭ: ނަޝީދު

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2022 12:31
0

ޖުޑީޗަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންނެވުމަކީ އުނިކަމެއްގެ  ގޮތުގައި ދެކެވަޑައިގަންނަވާކަމަށާއި، ނަމަވެސް އެތަނުގައި މަޖިލީހުގެ މެންބަރެއް އިންނެވުން ބޭނުންތެރިކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އިސްލާހުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާހާއި ގުޅޭގޮތުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުން ދެރަކަމަކަށް ވަނީ އެއީ ދައުލަތުގެ އެއްބާރުގެ ވެރިޔަކަށްވާތީކަމަށެވެ. ނަމަވެސް ޖޭއެސްސީއަށް ސިޔާސީ ބާރުވެރިކަމެއް އޮންނަޖެހޭކަމަށް ޤަބޫލުފުޅުކުރައްވާކަން ހާމަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީގައި އިނުމަކީ އެ ތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަން ޖެހޭ މިންވަރަށް ފޯރުވަން ބޭނުންތެރި ކަމެއްކަމަށެވެ.

ޖޭއެސްސީގައި ތިބޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން އެއީ ބޭނުންތެރި ކަމެއްގެ ގޮތުގައި ފާހަގަވޭ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަމަށާއި، އެ އިރެއްގައި ރައްޔިތުންގެ ވިންދު ހުރިގޮތް ތަމްސީލުކުރަން މަޖިލީހުގެ މެމްބަރުން ނޫން ބައެއް ނެތްކަމަށެވެ. ނަޝީދު ވިދާޅުވީ އެ ކޮމިޝަނުގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންގެ ކަންކަން ބެލުން ކަމަށް ވާއިރު އެތަނަށް ގިނަ އަދަދެއްގެ ފަނޑިޔާރުން ލުމަކީވެސް މަސްލަހަތު ފުށުއަރާކަމެއްކަމަށެވެ.

ޖޭއެސްސީ ގެ އެކުލެވުން ބަދަލުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ޠާރިޤް އިޞްލާހު ހުށައެޅުއްވި ދެވަނަ ފަހަރެވެ. 2020 ވަނަ އަހަރު ވެސް މި ބިލު ހުށަހެޅުއްވިއިރު، 87 މެންބަރުން ތިއްބަވާ މަޖިލީހުގެ 50 މެންބަރުންގެ ވޯޓުން ބިލު ބޭރުކޮށްލިއެވެ. ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެންބަރުންނެވެ.

މިއިސްލާހު ދެވަނަ ފަހަރަށް ހުށަހެޅުއްވި މައިގަނޑު ސަބަބަކީވެސް ޤާނޫނު އަސާސީ އިޞްލާހުކޮށް، ޖޭއެސްސީގެ އެތުރިފައިވާ ގޮތް ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްކަމަށް ދެކޭތީކަމުގައި އޭނާ ވިދަޅުވިއެވެ. އަދި އެކަން ފަސްކުރެވެން ނެތްކަމަށް ދެކެވަޑައިގަންނަވާތީ ޤާނޫނު އަސާސީ އިޞްލާހުކުރުމަށް މަޖިލީހަށް އިޞްލާހު ހުށައެޅުއްވީކަމަށްވެސް ޠާރިޤް ވިދާޅުވެފައިވެއެވެ.

ޖޭއެސްސީގައި ހިމަނަން ޠާރިޤި ހުށަހެޅުއްވި މެމްބަރުންނަކީ އުއްތަމަފަނޑިޔާރާއި ހައި ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ދަށު ކޯޓްތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ވަކީލަކާއި ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންގެ ތެރެއިން އިންތިޚާބުކުރާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ތަޖުރިބާކާރު ބޭފުޅެކެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެއެވެ. ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
އެއީޖަހާހާ ބެރަކަން ނަށައްތަ ހަމައެތް ލަމައެތް ނެތި ިންސާފެން ނާއިންސާފެއް ބެލުމެތްނެތި ކަންތައްތައް ކޮންލަެްވެގެންތަ
ތ ތަޖޫ
ޖޭއެސްސީ އަކީ ﷲ ރުއްސަވާ ގޮތަށް އެކަލާނގެ އަޅުތަކުންގެ މައްޗަށް ޙުކުމްކުރާ ކޮމިޝަނެއްކަމުގައި ހަދައިގެންނޫނީ ދެދުނިޔޭގެ އަމާންކަމެއްނެތް. ނަސީދުބުނާހެން ހަދައިގެން ދުނިޔެ އެކަނި ލިބިދާނެ ފަހަރުގަ. އެކަން އިސްލާމީ އުޞޫލުތަކާއި ޚިލާފުވެ ދީނީ ޝަރުޢީ ޢިލްމުނެތް ސިޔާސީއަކު ތިތަނަށް ވައްދައިގެން އެމްޑީއެން އަށް އަމާންކަން ލިބިދެވޭނެ.
މ މުންޖިޗޭ
ކޮބާ ހީވޭ ކަމެއްހެން! ބުނާބަހާ ޢަމަލަކާ ދުވަހަކުވެސް ދިމަލެއްނުވާނެ. ފުކެއްގެ މިންވަރުވެސް ދޫކޮށްނުލައި އަންބޮނޑި ބަނދެވޭތޯ ބަލާތި. ކޮންމެތަނެއްގައި ތިއްބަސް ﷲގެ ޝަރީޢަތް އެނގިގެން ޝަރީޢަތާ އެއްގޮތަށް ޙުކުމްކުރާ ފަނޑިޔާރުންނަން ނޫނީ އަމާންކަމެއް ނެތް.