ފޯރިގަދަ ވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްލާއިލަށް ތާއީދު ކުރައްވަން އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ނިންމަވައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ ފޯރި ގަވާނެކަމަށް ބެލެވޭ މިއިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.
މިނިސްޓަރ ފައްޔާޟްއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަފާތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އިންތިއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ތާއީދުކުރާ ރައީސް ނަޝީދަށް ލޯޔަލް ބޭފުޅެކެވެ. މިދެބޭފުޅުންގެ ވާދަވެރިކަމަކީ ރައީސް ނަޝީދާއި، ރައީސް ޞާލިހު އެމްޑީޕީގެ ޕާޓީގެ ބާރުތައް ނެގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާފު މަންޒަރެއް ފެނިގެންދާ އިންތިޚާބަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.
އަންނަ އޭޕްރީމް މަހުގެ 16ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވަނީ މިދެބޭފުޅުންނެވެ. މިއާއެކު އެމްޑީޕީގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ތާޢީދުކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕެއިން ފަށްޓަވާފައެވެ.
އަލްހާން ބުނެފައިވަނީ އޭނާ މިިނިސްޓަރ ފައްޔާޟަށް ތާއީދު ކުރަނީ އެމްޑީޕީގެ ރައީސް ނަޝީދު ގެންގުޅުއްވާ "ކަލްޓް" އަށް ނޫނެކޭ ބުނުމަށްކަމަށެވެ. އަދި މިނިސްޓަރ ފައްޔާޟަކީ މިމަޤާމަށް އެންމެ ޤާބިލް އެއްބޭފުޅާކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
In my capacity as immediate Former Vice President of MDP, I endorse Hon. Minister @faya_i for @MDPSecretariat #chairperson.
Say NO to #AnniCult. pic.twitter.com/n4isEtlD49— ???????????????????? ???????????????????? – ???????? (@AlhanFahmy) February 13, 2022
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން އިމްތިޔާޒް ހާމަކުރެއްވިނަމަވެސް އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އިމްތިޔާޒް ކުރައްވާތާ މިއީ ތިން ވަނަ ދައުރެވެ. ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އެ މަޤާމަށް ކުރިމަތިލެއްވީ އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުމަށްކަމަށާ، އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުންކަމަށެވެ.
މިނިސްޓަރ ފައްޔާޟަށް މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު އޮތްކަން ހާމަކުރަމުންދާއިރު، މެމްބަރު އިންތިއަށް އެމްޑީޕީގެ ގްރާސްރޫޓުގެ ވަރަށް ގިނަ މެމްބަރުންގެ ތާއީދު އޮތްކަމަށް ދަނީ ހާމަކުރަމުންނެވެ.