މިސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރީން 2023 އަމާޒުކޮށް ސަރުކާރަށް ޖެއްސުން ކުރާމަކަށް ބުނާނަމަ އެއީ ކޮންބައެއްކަން ހާމަކުރުމުގެ ހިތްވަރުވެސް ހުންނަން ޖެހޭނަކަމަށް، ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވެފައިވަނީ، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ގެންދަވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވިޔަ ނުދިނުމަށް ވަރަށް ރޭވިގެން މަސައްކަތް ކުރަމުން ކަމުގައި ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެފައި ވަނިކޮށެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީން ހދ. ކުމުންދޫ އާރޯ ޕްލާންޓް މަސައްކަތް ކުރި މީހާއަށް ދޭންޖެހޭ ފައިސާ ދީފައި ނުވާ މައްސަލަގާއި އެމީހާ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މެމްބަރު ރާއީ ވަނީ މިކަމުގައި ވަރަށް ބޮޑަށް ނުރުހުންވެ އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހުއަށް އަމާޒުކޮށް ފާޑު ވިދާޅުވެފައެވެ. ރާއީ ވިދާ ކޯލިޝަންގެ މަޤާމުތަކުގެ ތެރެއިން ބައެއް ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިބި މީހުން އެމްޑީޕީއަށް 2023 ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރާކަމަށެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު ރާއީގެ ޓުވީޓަށް ރައްދު ދެއްވާ ސައުދު ކުރެއްވި ޓުވީޓުގައި، ސަރުކާރަށް ޖެއްސުންކުރާ އެމްޑީންނަކީ ކޮބައިކަން ހާމަ ނުކުރެވޭ ކަމަށްވާނަމަ، އެފަދަ މެމްބަރުން ފަސް ހާސް މެމްބަރުންގެ ހައްގުގައި އަޑު އުފުލާނި ކިހިނަކުންތޯ ވަނީ ސުވާލު ކުރައްވާފައެވެ. އެވަރަށް ފިނޑި ނުވެ، އެމިންވަރަށް މައުލޫމާތު ހާމަ ކޮށްލުމަކުން ގޮނޑި ނުގެއްލޭނެކަމަށްވެސް މެމަބްރު ރާއީއަށް ރައްދެއްވާ ސައުދު ވިދާޅުވެފައި ވެއެވެ.
Sarukaaru baeh kunfuni thakuge vereen 2023 ah jehsun kuraa kamah bunaa iru ee kon bayeh kon gothakah kah bunan jehilun vanyaa kihinakuntho 5k memberunge adu nuvatha haqquga adu ufulaane.thihaa findi vegen adhi mikameh nuvaane.godi nugehleyne saafu koh bunumakunves.@KhabaruOnline
— Saudulla Ahmed (@saudullaahmed1) February 12, 2022
މަކުނޫ ދާއިރާފގެ މެމްބަރު ރާއީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރު SOE ތަކާއި ހަވާލުވެ ތިއްބެވި ބައެއް ވެރިންނަކީ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައި ހުންނަ އެއްވެސް ކަމަކާއި ޖަވާބުދާރީ ކުރެވޭނެ ބަޔަކަށް ނުވީމަ، އަދި ކަރަޕްޝަންގެ މުގޫ ކަމުގައި ވުމުން މާ ބާރުގަދަ ބަޔަކަށް ބަދަލުވެފައި ވެފައިވާ ކަމަށާއި، ވަޒީރުން މަޖްލިސްތެރެއިން ޖަވާބުދާރީ ކުރެވޭ ގޮތަށް އެމްޑީން ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތްކަމަށެވެ.
ސަރުކާރު SOE ތަކާއި ހަވާލުވެ ތިއްބެވި ބައެއް ވެރިން ނަކީ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައި ހުންނަ އެއްވެސް ކަމަކާއި ޖަވާބުދާރީ ކުރެވޭނެ ބަޔަކަށް ނުވީމަ، އަދި ކަރަޕްޝަންގެ މުގޫ ކަމުގައި ވުމުން މާ ބާރުގަދަ ބަޔަކަށް ވަނީ ބަދަލުވެފައި ވަޒީރުންމަޖްލިސްތެރެއިން ޖަވާބުދާރީ ކުރެވޭ. pic.twitter.com/We4pDMPD6I
— Mohamed Raee / Makunudhoo Constituency (@Mraee12) February 13, 2022