އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާއިއެކު، އިތުރު މަޤާމުތަކަށް ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާއިއެކު، އިތުރު މަޤާމުތަކަށް ހުޅުވާލައިފި

އެމް.ޑީ.ޕީ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެންބަރުން އެޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު އިންތިޙާބާއި ބެހޭ ކޮމިޓީގެ އީމެއިލް [email protected] އަށް މިމަހުގެ 19 ވާ (ހޮނިހިރު) ދުވަހުގެ 16:00ގެ ކުރިން ފޯމްހުށައެޅުއްވުމަށް ވަނީ ހުޅުވާލާފައެވެ.

މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ވެބްސައިޓް https://www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިމަޤާމުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވެގެންދާނެ އިންތިޚާބެއްގެ ގޮތުގައި އޮތީ ޗެއާޕާސަންގެ އިންތިޚާބެވެ. މިއިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްއާއި، މެމްބަރު އިމްތިޔާޒު ފަހުމީއާއި، އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވާދަކުރައްވާނެކަމަށް ވަނީ އިއުލާންކޮށްފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަކީ އެޕާޓީގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ބަލަހައްޓައި ޕާޓީ ހިންގުމުގެ އެންމެ އިސް ޒިންމާ އަދާކުރާ ފަރާތެވެ. އެހެންކަމުން މިމަޤާމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ކޮންމެ ކެނޑިޑޭޓަކަށް މުހިންމު އިންތިޚާބަކަށް ވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *