އެންމެ ބޮޑުއަގު ހުށަހެޅި 26 މީހުންނަށް ދެވަނަ ފިޔަވަހީގެ ބީޗްފްރަންޓުން ބިންދީފި

އެންމެ ބޮޑުއަގު ހުށަހެޅި 26 މީހުންނަށް ދެވަނަ ފިޔަވަހީގެ ބީޗްފްރަންޓުން ބިންދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހި ބީޗް ފްރަންޓުން ދޫކުރުމަށް އެޗްޑީސީން ނިންމި 26 ގޯތި އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށް ދިނުމަށް ނިންމައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 26 ގޯތި ވިއްކިއިރު، 211 މީހަކު އެކަމަށް ކުރިމަތިލާފައިވެއެވެ. މެންދުރު 1:00 އިން ހަވީރު 5:00 އަށް ބީލަން ކެނޑުން ހ. މީރުމާގެ ފަސް ވަނަ ބުރީގައި ކުރިއަށް ގެންދިޔައިރު އެންމެ މަތީ އަގު ހުށަހެޅި ފަރާތުގެ ބީލަން ހުޅުވި ވަގުތު އޭނާ އެ ތަނުގައި ނެތެވެ. ނަމަވެސް އެ ބީލަމުގެ ހުރިހާ ޝަރުތެއް ހަމަވާތީ އެޗްޑީސީގެ އޮފިޝަލުން އެ ބަލައިގަތެވެ. ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓްގެ ގޯތިތައް ގަންނަން 211 މީހަކު މިއަދު ބީލަން ހުށަހެޅި އެވެ. ބީލަންތައް ކެނޑުން އޮތީ އެ ތަނަށް ހާޒިރުވި މީހުންގެ ކުރިމަތީގައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޮޕަރޭޝަން، އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 60 ގޯތި ވިއްކުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހުޅުވާލީ، 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ ބިމެވެ. މީގެ ތެރޭގައި ހިމެނެނީ އަތިރިމަތިން 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ.

ބީލަމަށް އެންމެ ފުރަތަމަ ހުޅުވާލީ މީގެތެރެއިން މޫދާއި ކައިިރިން އަތިރިމަތިން ވިއްކާ 26 ގޯއްޗެވެ. 211 މީހަކު 26 ގޯއްޗަށް ބީލަން ހުށަހެޅިއިރު، ގޯތިތައް ވިއްކާފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވި ފަރާތްތަކުން ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ދައްކާފައިވެއެވެ. އެންމެ މަތީ އަގަކަށް އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ހުށަހެޅިއިރު، 2،600 އަކަފޫޓުން ބަލައިފި ނަމަ އެއީ ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާއެވެ.

2017 ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ހުޅުމާލޭ ފަޅުން 240 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ދެވަނަ ފިޔަވަހި ޚާއްސަކުރަނީ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކަށެވެ. މީގެއިތުރުން އިޤްތިޞާދީ ހަބުތައްވެސް ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *