އިރާނުން އުފައްދާފައިވާ، 1450 ކިލޯ މީޓަރަށް ދަތުރު ކުރެވޭ މިސައިލެއް ބުދަ ދުވަހު އެގައުމުން ދައްކާލައިފިއެވެ.
އިރާނުގެ ސަރުކާރު ހިއްސާވާ ނޫސް އޭޖެންސީއެއް ކަމުގައިވާ ތަސްނީމްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑްސް ކޯޕްސް (IRGC)އިން ދައްކާލާފައިވާ މި މިސައިލްއަށް ދީފައިވާ ނަމަކީ "ޚެބާރޝްޚަން" ނުވަތަ "ކާސަލްތައް ގޮއްވާލާ މިސައިލް" މި ނަމެވެ.
އިރާނުް ބުނެފައިވާ ގޮތުގައި މި މިސައިކީ ސީދާ އަމާޒަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.
އިރާނުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ތަސްނީމް ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި މިސައިލަކީ ހަރުކޮށް ހުންނަ ހަކަތައިގެ ވަސީލަތުން ދުއްވާދޭ މިސައިލެއް ކަމަށާއި، އަދި މިސައިތަކުން ރައްކާތެރިވާ އައްޑަނަތައް ފޫއަޅުވާލާ، އަދި ބިމަށް ތިރި ކުރާއިރު، އޭގެ ރާސްރާ ބަދަލު ކޮށްލުމުގެ ގާބިލްކަންވެސް މި މިސައިލަށް ލިބިފައިވެއެވެ.
އިރާނުން އަމިއްލައަށް އުފައްދާފައިވާ މި މިސައިލް އިފްތިތާހު ކޮށްދެއްވާފައި ވަނީ، އިރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުހައްމަދު ހުސެއިން ބަގުރީ އާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑްސް ކޯޕްސް އޭރޯސްޕޭސް ފޯރސްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އާމިރު އަލީ ހަޖީޒާދޭއެވެ.
މި މިސައިލަކީ އިރާނުން އުފައްދާފައިވާ ދުރު ރާސްތާ މިސައިލްގެ ތިންވަނަ ވައްތަރެވެ. މި މިސައިލް އުފައްދާފައިވަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑްސް ކޯޕްސް އޭރޯސްޕޭސް ފޯރސްއިން ކަމަށްވެސް ތަސްނީމް ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.