ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް، އިންޑޯ ކުޅިވަރުތަކަށް އެންމެ ޒަމާނީ ވަސީލަތް

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް، އިންޑޯ ކުޅިވަރުތަކަށް އެންމެ ޒަމާނީ ވަސީލަތް

ގުޅުންހުރި

ހުޅުމާލޭގައި އަޅާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ނިނުމަކާއި ގާތްވެފައިވާއިރު، އެތަނުގައި އެންމެ ފަހުގެ ވަސީލަތްތަކާއިއެކު އިންޑޯ ކުޅިވަރު ކުޅެވޭނެ އިންތިޒާމު ޔޫތު މިނިސްޓްރީން ދަނީ ފަހިކޮށްދެއްވަމުންނެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ މިމަސައްކަތް ހިނގާގޮތް ބައްލަވާލެއްވުމަށް ސްޕޯޓްސް ކޮމްޕްލެކްސް އަށް ވަޑައިގެން މިހާރު މަސައްކަތް ގޮސްފައިވާ ހިސާބާއި، ކުރެވެމުންދާ މަަސައްކަތްތައް ބައްލަވާ ލައްވާފައެވެ. ޔޫތު މިނިސްޓްރީން ހިއްސާކޮށްފައިވާ ފޮޓޯތަކުން އެތަނުގެ މަސައްކަތް ނިމުމަކާއި ގާތްވަމުންދާއިރު ކުޅިވަރު ކުޅުމަށް ޖާގަ ތަނަވަސް ހިތްފަސޭހަ މާހައުލެއް އޮތްކަން ފެނިގެން ދެއެވެ.

މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީ ގުޅިގެން އެޅި މި ސްޕޯޓްސް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ސްވިމިންގ ޕޫލް އަކާއި ޖިމެއްގެ އިތުރުން ބޯލިންގ އެރީނާ އަކާއި ޕޫލް ބިލިއާޑް ސަރަހައްދެއް ވަނީ ހިމަނާފައިއެވެ. އަދި މީގެއިތުރުން އިތުރު ކުޅިވަރުތައް ކުޅުމަށް ތަންތަން ތަރައްގީކުރެވޭނެ ގޮތަށް ހުސް ސަރަހައްދުތަކެއްވެސް ހިމެނެއެވެ.

މިތަނުގައި ހިމެނޭ ސްވިމިންގ ޕޫލްގެ ބޭނުން މިހާރު ޓްރެކް ސަރަހައްދުގައި ތަމްރީން ހަދަމުންދާ ދިވެހި ފެތުންތެރިންނަށް ބޭނުންކުރެވޭއިރު ޤައުމީ ބޮޑީ ބިލްޑިންގ ޓީމަށް ރަސްމީ ޖިމެއް ދިނުމުގެ އިތުރުން އެހެނިހެން ޤައުމީ ޓީމުތަކަށްވެސް ބޭނުންކުރެވޭނެ ޖިމެއް ހަމަޖެއްސުވަނީ ނިންމާފައެވެ. އަދި އާއްމު ރައްޔިތުންނަށްވެސް ހެޔޮއަގެއްގައި ޖިމްގެ ވަސީލަތް ލިބިގެންދާނެ ގޮތަކަށް ދަނީ އިންތިޒާމު ކުރަމުންނެވެ.

ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރިކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. ސްޕޯޓްސް ކޮމްޕްލެކްސްއިން ވިޔަފާރިކުރުމަށް ހުޅުވާލާފައިވާ 8 ތަނުގެ ތެރެއިން 4 ތަނެއް ޚާއްސަކޮށްފައިވަނީ ކުޅިވަރާއިބެހޭ ސާމާނު ވިއްކުމަށެވެ. ރީޓެއިލް ވިޔަފާރިއަށް 3 ތަނެއް ހުޅުވާލާފައިވާއިރު ރެސްޓޯރަންޓް ނުވަތަ ކެފޭ ހިންގުމަށް އެއް ތަން ވަނީ ކަނޑައަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *