ހުޅުމާލެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މާދަމާ އޮންނާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މާދަމާ ހެނދުނު 9:00 އިން 12:00 ގެ ނިޔަލަށް މި ބިންތަކަށް ހުށަހަޅާ ބީލަންތައް ބަލައިގަތުން އޮންނާނެ ކަމަށެވެ. ބީލަން ބަލައި ގަތުން އޮންނާނީ ހ. މީރުމާ، ފަސް ވަނަ ފްލޯގައެވެ. ބީލަން ހުޅުވުން އޮންނާނީ މާދަމާގެ މެންދުރު 1:00 ގަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ލިބޭނީ މިދިޔަ މަހުގެ 31 ގެ ނިޔަލަށް ވިއްކި ބީލަން ފޯމު ގަތް މީހުންނަށެވެ. އެކަމަކު، އެ ފޯމު ގަތް މީހުންގެ އަދަދެއް އެޗްޑީސީން އަދި ހާމައެއް ނުކުރެވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ބީލަމުގެ އުސޫލުން ގޯތި ވިއްކުމާ ގުޅޭ
ލިންކް: https://t.co/dwx1QhwHqc pic.twitter.com/w6zSrcDJ2f
— HDC (@hdcmaldives) February 8, 2022
ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާނުކުރާ ގޮތަށް ހަމަޖެހިފައިވާއިރު ބިޑް ސެކިއުރިޓީއަކީ 320،000ރ. އެވެ. ދެވަމަ ފިޔަވަހީގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފެށީ 2020ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެއީ އަމިއްލަ މީހުން ބިން ގަނެ، ތަރައްޤީކޮށްފައިވާ ގެތަކުގައެވެ.
ދެވަނަ ދިޔަވަހީގައި މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބިޔަ މަޝްރޫޢުއަކީ ހިޔާ ހައުސިންގ މަޝްރޫޢެވެ. މި މަޝްރޫޢުގައި 6720 ހައުސިންގ ޔުނިޓް ތަރައްޤީކޮށްފައިވެއެވެ. ހިޔާ ފްލެޓަށް މިހާތަނަށް 5000އަށްވުރެ ގިނަ އާއިލާވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ