ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރިން ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ނިއްވުމަށްޓަކައި ތިނަދޫ ފަޔާ ސްޓޭޝަން އިން މިވަގުތު މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. ރޯވީ ރެފްލްޒް މޯލްޑިވްސްގެ ލޯންޗެއްގައި ކަމަށް އެނގިފައިވެއެވެ.
ލޯންޗުގައި ތިބި މީހުންގެ އަދަދެއް އަދި އެ މީހުންނަށް ވީ ގޮތެއް އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މި ހާދިސާގައި މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.
ކޮމެންޓު ފޮނުވާ