ކޯވިޑްގައި މިމަހުގެ 7 ވަނަ މަރު

ކޯވިޑްގައި މިމަހުގެ 7 ވަނަ މަރު

ރާއްޖެއިން ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނުޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 67 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 284އަށް އަރާފައެވެ. ކޯވީޑަގައި ރާއްޖެއިން އިއްޔެ ވަނީ 21 އަހަރުގެ ޒުވާނަކުވެސް ނިޔާވެފައެވެ. މިއަހަރުގެ މިހާތަނަށް ކޯވިޑް ބަލީގައި 20 މީހުން ރާއްޖެއިން ވަނީ ނިޔާވެފައެވެ. އެއީ ޖެނުއަރީމަހު ނިޔާވި 13 މީހުންނާއި، އަދި ފެބްރުއަރީގެ މިހާތަނަށް ނިޔާވި 7 މީހުންނެވެ.

ޖެނުއަރީމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު އެވަރެޖްކޮށް އުޅުނީ 17،00އިން މަތީގައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ. މިވަގުތުވެސް 50އަށްވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.

ބައްޔަށް ފަރުވާ ހޯދާ މީހުންގެ ޖުމްލަ އަދަދުހުރި 17000އިން މަތީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *