ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރަނީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރަނީ

އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުުރުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:30 ގައެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ބާޖަމާލުއްދީނުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިތިޚާބީ މަރުކަޒުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން މިއިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދެވެ. މިއިންތިޚާބު ރާޝިދު ކާމިޔާބް ކުރެއްވީ 1،441 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު, އެ ދާއިރާގައި ވަނީ ފޯރިގަދަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރާއި އިދިކޮޅުގެ ގިނަ ސިޔާސީ އިސް ބޭފުޅުންތަކެއް އެ ދާއިރާގެ ތިން ރަށަށް ވަޑައިގެންފައިވާއިރު ގިނަ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. އެގޮތުން, އިންތިހާބާ ދިމާކޮށް ސަރުކާރުން އެ ދާއިރާގެ ތިން ރަށަށް އަމާޒުކޮށްގެން ބޮޑެތި ޕްރޮޖެކްޓްތަކެއް ފަށާފައިވާއިރު އެކަން އިދިކޮޅުން ސިފަކޮށްފައިވަނީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *