ރާއްޖެެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 281 އަށް

ރާއްޖެެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 281 އަށް

Author
ޢަލީ އާދަމް
05 ފެބްރުއަރީ 2022 06:52
0

ކޯވިޑް ބަލީގައި ރާއްޖޭގައި ފަރުވާހޯދަމުން ދަނިކޮށް ނިޔާވީ މީހުންގެ އަދަދު 281 އަށް އަރައިފިއެވެ.

މިބަލީގައި މިއަދު މެންދުރު ފަހު ވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދިޔަ މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ، އޭނާ ނިޔާވީ މިއަދު މެންދުރު ފަހު 03:35 ހާއިރުކަމަށެވެ.

މިއީ މިބަލީގައި މިމަހު ނިޔާވި 5 ވަނަ މީހާއެވެ. ރާއްޖޭގައި މިވަގުތު 17735 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 56 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.