ޕެނަލްޓީ ޖަހައިގެން މިޑްލްސްބަރާ އަތުން ބަލިވެ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި

ޕެނަލްޓީ ޖަހައިގެން މިޑްލްސްބަރާ އަތުން ބަލިވެ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި

Author
ޔޫސުފް
05 ފެބްރުއަރީ 2022 12:10
0

އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ހަތަރު ވަނަ ބުރުގައި ރޭ މިޑްލްސްބަރާ އާއި ވާދަކޮށް ޕެނަލްޓީގައި ބަލިވުމުން މެންޗެސްޓަރ ޔުނައިޓެޑްމުބާރާތުން ކަޓައިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ދެން ޖެހުނީ ނަތީޖާނެރުމަށް އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓުގެ 2 ހާފް ކުޅޭށެއެވެ. ނަމަވެސް އިތުރު ވަގުތުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ދެން ޖެހުނީނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހާށެއެވެ. ޕެނަލްޓީގައި މިޑްލްސްބަރާ  އަތުން ޔުނައިޓެޑް ބަލިވީ 7-8 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީގައި ޔުނައިޓެޑަށް ކާމިޔާބުނުކުރެވުނީ އެންތަނީ އެލަންގާ ޖެހި ޕެނަލްޓީ އެވެ.

މި މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ޔުނައިޓެޑަށް ވަނީ ލީޑު ނެގުމަށް ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީއަކީ މިޑްލްސްބަރާގެ ޑިފެންޑަރު އެންފާނީޑައިކްސްޓީލް ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ނަމަވެސް ރޮނާލްޑޯ ފޮނުވާލި  ޕެނަލްޓީ ދިޔައީ އަރިމަތި ދަނޑި ކައިރިންބޭރަށެވެ. މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދިން ލަނޑު 25 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސަންޗޯއެވެ.

މިޑްލްސްބަރާ އިން އެއްވަރު ކުރީ 64 ވަނަ މިނިޓުގައި ޑަންކަން ވަޓްމޯ ދިން ބޯޅައަކުން މެޓް ކްރުކްސްއެވެ. މި ލަނޑު ޖެހިއިރު، އޭއިރާގެ ތެރޭ ހުރި ވަޓްމޯއަށް އިސަޔާ ޖޯންސް ބޯޅަ ދިން ވަގުތު ވަޓްމޯގެ އަތުގައި ބޯޅަ ޖެހުމުން ޔުނައިޓެޑުން ޝަކުވާ ކުރިޔަސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ގޯލެއްކަމަށެވެ.

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދުވެސް މެޗުތަކެއް ކުރިޔަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.