ޖައްމޫ ކަޝްމީރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖައްމޫ ކަޝްމީރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

Author
ހުސެއިން
05 ފެބްރުއަރީ 2022 09:58
0

ރެކްޓަރ މިންގަޑުން 5.9ގެ ބާރު މިނުގެ ބިންހެލުމެއް ކަޝްމީރު ވެލީއަށް އައިސް ޖައްމޫގެ އެތައް ޑިސްޓްރިކްޓްއަކަށް މި ބިންހެލުމުގެ އަސަރު ކޮށްފިކަމަށް، އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ސިސްމޮލިޖީން ބުނެފިއެވެ.

މި ބިންހެލުން އައިސްފައިވަނީ ހެދުނު ގަޑިން 9:46 ގައެވެ. އަދި ބިންހެލުން އަދި ބިންހެލުން އައިސްފައިވަނީ ބިމު އަޑިން 181 ކިލޯ މީޓަރު ފުނުންނެނެވެ. އަދި ބިންހެލުމުގެ އެޕިސެންޓަރ ހުރި އަވައްޓެރި އަފްޢާނިސްތާނު – ތަޖިކިސްތާނު ބޯޑަރު ސަރަހައްދުގައި ކަމަށްވެސް އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ސިސްމޮލިޖީން ހާމަ ކޮށްފައި ވެއެވެ.

އަދި ހަމަ މިއަދު ހެނދުނުގެ ވަގުތެއްގައި ރެކްޓަރ މިންގަޑުން 3.6 ބާރު މިނުގައި ބިންހެލުމެއް އިންޑިއާގެ އުއްޓަރޚާންދުގެ އުޓަރކަށި ޑިސްޓްރިކްޓަށް އައިސްފައިވާ ކަމަށްވެސް ލޯކަސް ނޫސްތަކުން ރިޕޯޓު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.