ނަޝީދުގެ ރައްދު އަމީރަށް؛ ބައިނަލް އަގުވާމީ މުއައްސަސާތަކުގެ ހިސާބުތައް ބަލައިގަންނަންޖެހޭ

ނަޝީދުގެ ރައްދު އަމީރަށް؛ ބައިނަލް އަގުވާމީ މުއައްސަސާތަކުގެ ހިސާބުތައް ބަލައިގަންނަންޖެހޭ

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 09:29
0

ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށް ފިނޭންސް މިނިސްޓރަ ވިދާޅުވި ވިދާޅުވުމަކީ ގޯހެއް ކަމަށާއި، ބައިންލަ އަގުވާމީ މުއައްސަސާސަތަކުން ދެއްވާ ހިސާބުތައް ބަލައިގަންނަންޖެހޭ ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް، މި ދަތި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ފިޗުން އާންމުކުރި ރޭޓިންގައި ރާއްޖެ ވަނީ ކްރެޑިޓް ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައެވެ. ސަބަބެއްކަމށް ފިޗުން ބުނެފައިވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުންކަމަށެވެ. ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އޮތްކަންވެސް ފިޗުން ފާހަގަކޮށްފައިވެއެވެ. ފިޗުން ލަފާކޮށްފައިވާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލުމުން އަރައިގަނެވޭނީ 2022 ވަނަ އަހަރުއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައިނަލް އަޤުވާމީ ގޮތުން ދުނިޔޭގެ މާލީ އިދާރާތަކުން ކުރާ އަންދާޒާތަކާއި ޖަހާ ހިސާބުތައް ބަލައިގެންނޫނީ ރާއްޖެއަށް ކުރިއަށް ނުދެވޭނެކަމަށެވެ. އެކަންކަން ގަބޫލުކުކޮށް ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖަހައި އިޔާދަ ކުރުމަކީ މިއަދު ކުރަންޖެހޭ ކަންތައްކަމަށެވެ.

ފިޗުން ބުނީ ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދު ކަމަށެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެ އަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ. ފިޗްއިން ރާއްޖެ ރޭޓް ކުރިއިރު، ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓްކުރި، "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ބުނެފައިވަނީ އޭޝިޔާ ޕެޝިފިކް ގައުމުތަކުގެ ތެރެއިން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.