ށ.ފޯކައިދޫ ބަނދަރުގެ ބޭރުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދިވަހު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމުގައެވެ.
ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 1 ފެބްރުއަރީ 2022 ވަނަ ދުވަހު ފެށިއްޖެ. އަދި މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް. #MTCCProjects #RayyithungeKunfuni pic.twitter.com/bUHnu2p3aS
— MTCC Plc (@MTCCPlc) February 2, 2022
2003 ވަނަ އަހަރު ފޯކައިދޫ ބަނދަރު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. 16 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ޙަވާލުކުރިނަމަވެސް ކޯވިޑް-19އާއި ގުޅިގެން މަސައްކަތްވަނީ ކޮންމެވެސްވަރެއްގެ ހުއްޓުމެއް އައިސްފައެވެ.
އެމްޓީސީސީއިން ވިދާޅުވާ ގޮތުގައި ބަނދަރުގެ 41 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިއީ 52.7 މިލިއަން ދިވެރި ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓްވެސް މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ