ކޯވިޑަށް ފަރުވާދެމުން އައި ލަންކާ މީހަކު މަރުވެއްޖެ

ކޯވިޑަށް ފަރުވާދެމުން އައި ލަންކާ މީހަކު މަރުވެއްޖެ

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2022 10:09
0

ކޯވިޑް-19އަށް ފަރުވާދެމުން އައި ސްރީލަންކާ މީހަކު މަރުވެއްޖެއެވެ.

ނިޔާވެފައިވަނޫ ޢުމުރުން 73 އަހަރުގެ މީހެކެވެ. އޭނާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް ރޭ 03:04 ހާއިރުއެވެ. ރާއްޖެއިން ކޯވީޑް ކޭސްތައް އިތުރުވެފައިވާ މި ދުވަސްވަރު ބަލީގައި މަރުވާ މީހުންވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 15 މީހުން ނިޔާވެފައިވެއެވެ. އަދި މިމަހުގެ ފުރަތަމަ ދެ ދުވަހުވެސް މިބަލީގައި މީހުން މަރުވެފައިވެއެވެ.

މިއަދު މަރުވި މީހާއާއެކު މިއީ ކޯވިޑްގައި ރާއްޖެއިންމަރުވި 278 ވަނަ މީހާއެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.