ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2022 09:54
0

ށ.ޅައިމަގު ބަނދަރު ބޮޑުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

ޅައިމަގު ބަނދަރު ތަރައްޤީކުރުން ކުރިއަށްގެންދާ އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތްކަމަށެވެ.
މި މަޝްރޫޢުއަކީ ޅައިމަގު ބަނދަރަށް ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އެމްޓީސީއިން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެރަށު ބަނދަރަށް 276 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 350 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 500 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓްޖެހުމާއި، އެއް ތިރީސް ހާސް ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ށ.ޅައިމަގު ބަނދަރު ބޮޑުކުރާއިރު، މިއީ ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ބަނދަރެކެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ތޭރަ ސަތޭކަ އަށްޑިހަ އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓްލުމާއި، މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

ޅައިމަގު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަކީ ސަރުކާރުން 56.3 މިލިއަން ރުފިޔާ ޚަރަދުކުރައްވާ މަޝްރުޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.