ކޯވިޑްގައި މިއަދުވެސް މީހަކު ނިޔާވެއްޖެ

ކޯވިޑްގައި މިއަދުވެސް މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
01 ފެބްރުއަރީ 2022 11:48
0

ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ޢުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ. މިއީ މިބަލީގައި ޜާއްޖޭގައި ނިޔާވި 277 ވަނަ މީހާއެވެ.

އިއްޔެ ވެސް ވަނީ މިބަލީގައި 95 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައެވެ. އެއީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ކާފާފުޅެވެ.

ރާއްޖެއިން ކޯވީޑްގައި މިދިޔަ މަހު އެކަނިވެސް 14 މީހަކު ނިޔާވެފައިވެއެވެ. ރާއްޖޭގައި މިވަގުތު 17،770 މީހަކަށް އަންނަނީ ކޯވިޑަށް ފަރުވާ ދެމުންނެވެ. މީގެތެރެއިން 63 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.