ކޯވިޑްގައި 95 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑްގައި 95 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2022 08:17
0

ކޯވިޑަށް ފަރުވާ ދެމުންދިޔަ 95 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 06:17 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް ގެންދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިމަރާއިއެކު ރާއްޖެއިން ކޯވިޑުގައި ނިޔާވި މީހުންގެ އަދަދުވަނީ 276 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހުގެ މިހާތަނަށް ނިޔާވި 14 ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 17،589 މީހަކަށް އަންނަނީ ކޯވިޑަށް ފަރުވާ ދެމުންނެވެ. މީގެތެރެއިން 53 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.