އަކްޝޭ "ރާމް ސެތޫ"ގެ ޝޫޓިން ނިންމާލައިފި

އަކްޝޭ "ރާމް ސެތޫ"ގެ ޝޫޓިން ނިންމާލައިފި

Author
ފާތިމަތު ނާވީ
02 ފެބްރުއަރީ 2022 09:02
0

އަކްޝޭ ކުމާރު މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ރާމް ސެތޫ"ގެ ޝޫޓިންގ ނިންމާލައިފިއެވެ. މި ފިލްމުގެ އެންމެ ފަހު ޝޫޓިންގ ޝެޑިއުލް ނިންމުން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.

މި ފިލްމުގައި އަކްޝޭ އާއެކުގައި ފެނިގެން ދާނީ ޖެކޮލިން ފެރްނާންޑޭޒް އާއި ނުޝްރަތު ބަރޫޗާއެވެ.

މި ފިލްމުގެ ޝޫޓިންގ ނިމުމުން ދެން ފެށުމަށް ހަމަޖެހިފައިއޮތް ފިލްްމު އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް މިހާރުވެސް އަކްޝޭގެ އަތުގައި ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އަދި އޭނާ އަންނަނީ ފިލްމަކަށް ފަހު ފިލްމަކަށް ސޮއިވެސް ކުރަަމުންނެވެ.

އެގޮތުން ދާދިފަހުންވެސް އޭނާ ވަނީ ވަރުގަދަ ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ ތަމަޅަ ފިލްމެއް ކަމުގައިވާ "ސޫރަރާއި ޕޮޓްރޫ"ގެ ހިންދީ ރިމޭކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.