ފޯކައިދޫގެ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ފޯކައިދޫގެ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

Author
މުޙައްމަދު ޖިމީ
30 ޖެނުއަރީ 2022 09:51
0

ށ.ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. އެރަށުގެ ބަނދަރު ތަރައްޤީކުރުން ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ބުނީ، ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ 25ގައި ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް އެމްޓީސީސީން ބުންޏެވެ.

އާބާދީގައި ގާތްގަނޑަކަށް 1700އެއްހާ މީހުން ދިރިއުޅޭ ށ.ފޯކައިދޫގެ ބަނދަރު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ.  16 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ޙަވާލުކުރިނަމަވެސް ކޯވިޑް-19އާއި ގުޅިގެން މަސައްކަތްވަނީ ކޮންމެވެސްވަރެއްގެ ހުއްޓުމެއް އައިސްފައެވެ.

މިއީ 52.7 މިލިއަން ދިވެރި ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓްވެސް މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.