ތަފާތު ގޮތްގޮތަށް ގެ އިމާރާތް ކުރުމަކީ މިހާރު އާންމު ކަމެކެވެ. އަދި މި ކަމަށް ލިބެމުން އަންނަ ސަމާލުކަން ވެސް ވަރަށް ބޮޑެވެ.
އެގޮތުން މިފަހަރު މީހަކު އިމާރާތް ކުރީ ވަރަށް ތަފާތު ގެއެކެވެ. މި ގެ އިމާރާތް ކޮށްފައި ވަނީ އެކޮޅުކޮޅުންނެވެ. މި ގެ ހުންނަނީ ކޮލަމްބިއާގެ ގުއަޓަވީޓާގައެވެ.
ބިންމަތީގައި ފުރާޅު އަދި ތަޅުންގަނޑު ފުރާޅުގެ ގޮތުގައި ހުރި މިގެއަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިއެވެ.
An upside-down house built in Colombia's Guatavita, a short distance from capital Bogota, is capturing the imagination of visitors looking for fun following restrictions https://t.co/kJRQwXuTBH pic.twitter.com/tIXYrQ10vi
— Reuters (@Reuters) January 26, 2022
މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ނިމުނު މި ގެ މިހާރުވެފައިވަނީ ފަތުރުވެރިންގެ މަންޒިލަކަށެވެ.
މި ގޭގެ ވެރިއަކީ އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ ފްރިޒް ޝަލް އެވެ. އޭނާ ދިރިއުޅެމުން އަނަންނީ ކޮލަމްބިއާގައެވެ.
މިފަދަ ހިޔާލެއް އައި ސަބަބު ކިޔައި ދެމުން ފްރިޒް ބުނެފައިވަނީ އޭނާއަށް މިފަދަ ގެއެއް، އުފަން ގައުމު އޮސްޓްރިއާ އިން ފެނިގެން މިދަފަ ގޮތަކަށް ގެއެއް އިމާރާތް ކުރަން ހިޔާލު އައީ ކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން މި ގެ އިމާރާތް ކުރުމަށް ބޮޑެތި ގޮންޖެހުން ތަކެއް ދިމާވި ކަމަށް އޭނާ ބުނެއެވެ. މި ގެ އާންމުންނަށް ހުޅުވާލުމާއެކު ގިނަ ބަޔަކު އަންނަނީ ގެއަށް ޒިއާރަތްކޮށް ފޮޓޯ ނަގަމުންނެވެ.