އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ޚިދުމަތް ދޭ ވަގުތު 4 ގަޑިއިރަށް ކުރުކޮށްފިއެވެ.
އައިޖީއެމްއެޗް އިން ބުނީ، ލެބޯރެޓަރީ ޚިދުމަތް ދޭ ވަގުތު ކުރުކުރަން ނިންމީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކަމަށެވެ. އެގޮތުން 30 ޖެނުއަރީ 2022 އިން ފެށިގެން 5 ފެބުރުއަރީ 2022ގެ ނިޔަލަށް އައިޖީއެމްއެޗްގެ ލެބޯޓްރީން ލޭނެގުމުގެ ޚިދުމަތް ދެމުންގެންދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެނދުރު 12:00 އާހަމައަށެވެ.
އަދި ނަންމަބަރު ދޫކުރެވޭނީ ދުވާލަކަށް އޮންލައިންކޮށް 100 ނަންބަރު އަދި ހޮސްޕިޓަލަށް ވަޑައިގެން 100 ނަންބަރު ކަމަށް އެހޮސްޕިޓަލުން ހާމަކުރެއެވެ.
އައިޖީއެމްއެޗް ގެ ލެބޯޓްރީން ޚިދުމަތްދޭ ވަގުތު ކުރުކޮށްފައިވާއިރު، އެ ހޮސްޕިޓަލުން ވަނީ، ބައެއް ޚިދުމަތްތައް ޑައުންގްރޭޑްކޮށް ބައެއް ޚިދުމަތްތަކަށް ބަދަލުގެނެސްފައެވެ.
މިގޮތުން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ޑައުންގްރޭޑް ކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި މިމަހުގެ 22 އިން ފެށިގެން ކުރިއަށް އޮތް 2 ހަފްތާއަށް ރޫޓީން ނުވަތަ ދުރާލާ ތާވަލުކޮށްގެން ހަދާ ސަރޖަރީތައް މެދުކަނޑާލުމަށް ނިންމާފައިވާކަމަށްވެސް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އެ ސަރޖަރީތައް ހެދެން ފެށޭނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެކަމަށާއި، ނަމަވެސް އެހޮސްޕިޓަލުގެ އިމަރޖެންސީ ނުވަތަ އީއާރުގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ.