ކުރީގެ ރުމާލު 2 ޖަގަހައިގައި އަލިފާންރޯވެއްޖެ

ކުރީގެ ރުމާލު 2 ޖަގަހައިގައި އަލިފާންރޯވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 ޖެނުއަރީ 2022 03:06
0

ކުރީގެ ރުމާލު 2 ޖަގަހައިގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާންވަނީ ވަރަށް ބޮޑަށް އިމާރާތުގައި ހިފާފައެވެ. އަލިފާން ކޮންޓްރޯލް ކުރުމަށް ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 14:47 ގައި ކަމަށެވެ.

އަލިފާން ވަރަށް ބޮޑަށް ރޯވެފައިވާތީ، ނިއްވުމަށް އާންމުންވެސް ދަނީ ހަރަކާތްތެރިވަންނެވެ. އެސަރަހައްދަކީ މާލެ ހިޔާ ފްލެޓްވެސް ހިމެނޭ ސަރަހައްދަށްވުމުން އަލިފާން އިތުރަށް ފެތުރިޔަ ނުދިނުމަށް ދަނީ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާރު އަލިފާން ނިއްވަލާފައިވާކަމަށެވެ. އަލިފާން ނިނއްވާލެވުނީ މިއަދު މެދުރުފަހު 15:14 ގައިކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.