2030 ވަނަ އަހަރު ބާއްވާ ވޯލްޑް އެކްސްޕޯ، ސަޢުދީ ޢަރަބިއްޔާގައި ބާއްވަން ދިވެހިރާއްޖެއިން ތާއީދުކުރާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސަޢޫދާއިއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ފޯންކޯލްގައި، ދެޤައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންނާއި، ސަޢުދީ ފަންޑުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކިދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި މަޝްވަރާތަކަށްފަހު ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސަޢޫދު ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖެއާއި ސަޢުދިއަރަބިއްޔާއަކީ ގާތް ގުޅުމެއް އޮންނަ އަދި ބައިނަލްއަޤްވާމީ ގިނަ ދާއިރާތަކެއްގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ދެޤައުމުކަން ހާމަކުރައްވާފައެވެ.
The commitment of #SaudiArabia & #Maldives to enhancing cooperation is based on the longstanding fraternal bond of shared values, mutual respect and understanding, on the bilateral level and the global arena ???????? ???????? https://t.co/wvTYwRN2tf
— مترك العجالين (@matrekaldosari) January 26, 2022
ވޯލްޑް އެކްސްޕޯއަކީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަމުންގެންދާ އަދި މިހާތަނަށް ދުނިޔޭގައި ބާއްވާ އެންމެ ދުވަސްވީ އެކްސްޕޯއެވެ.