ވިކީ ނުލައި ކެޓްރީނާ ރާއްޖޭގައި

ވިކީ ނުލައި ކެޓްރީނާ ރާއްޖޭގައި

Author
ފާތިމަތު ނާވީ
24 ޖެނުއަރީ 2022 07:30
0

މިއަދު ކެޓްރީނާ ކައިފް އޭނާގެ ފޭނުން ސަޕްރައިޒް ކޮށްލީ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަކާއި އެކުގައެވެ.

ދާދިފަހުން ކެޓްރީނާ މުމްބާއީ އެއާޕޯޓުން ފެނުމާއެކު އޭނާ ދިއައީ ކޮންތަނަކަށްތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މިއަދު ކެޓްތީނާ ވަނީ އެ ސުވާލުގެ ޖަވާބު ދީފައެވެ.

އެގޮތުން މިއަދު ކެޓްރީނާ ކޮށްފައިވާ ޕޯސްޓްގައި ވާގޮތުން އޭނާ ހުރީ ރާއްޖޭގައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ފޮޓޯ ޝޫޓަކަށެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކައިވެންޏަށްފަހު ކެޓްރީނާ އާއި ވިކީވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްފައެވެ. އެއީ ކައިވެންޏަށްފަހު ކުރު ހަނީމޫނަކަށް ކުރި ދަތުރެކެވެ.

ކެޓްރީނާއާއި ވިކީ ކޯޝަލް ކައިވެނި ކޮށްފައިވަނީ 9 ޑިސެމްބަރު 2021 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.