ކެމްޕެެއިންގައި ފެންނަންޖެހޭ މޫނުތައް ނުފެނި، އެބޭފުޅުން ކެމްޕެެއިނާއި ގުޅުމަށް ނަޝީދު އާދޭސް ދަންނަވައިފި

ކެމްޕެެއިންގައި ފެންނަންޖެހޭ މޫނުތައް ނުފެނި، އެބޭފުޅުން ކެމްޕެެއިނާއި ގުޅުމަށް ނަޝީދު އާދޭސް ދަންނަވައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2022 02:39
0

ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި، ފޯކައިދޫއިން އެމްޑީޕީންގެ އެކި ކެމްޕެއިންތަކުގައި މީގެ ކުރިން ފެންނަމުންދާ މޫނުތައް ނުފެންނަ ކަމަށާއި، އެބޭފުޅުން މިކެމްޕެއިންގައި އަލުން ގުޅުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާދޭސް ދަންނަވައިފިއެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕެއިންގައި ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މީގެކުރިން ކުރަންފެށި މަސައްކަތުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ފޯކައިދޫގެ މޫނުތައް މިކެމްޕެއިންގައި ނުފެންނަކަމަށެވެ.

ޚިޔާލް ތަފާތުވުމާއި، ޝަކުވާތައް އޮތުމަކީ އަބަދުވެސް އޮންނާނެ ކަންތައްތަކެއް ކަމަށާއި، ނަމަވެސް މިއީ އެކަންކުރަންވީ ވަގުތު ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފޯކައިދޫއިން ފެންނަންޖެހޭ މޫނުތައް އަލުން އެމްޑީޕީގެ ކެމްޕެއިނަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަންވީ ކޮންގޮތަކަށްތޯ މަޝްވަރާ ކުރަމުންދާކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ އާދޭހަކީ އެމްޑީޕީގެ އިސްމޫނުތައް އަލުން މިކެމްޕެއިނާއި ގުޅި ހުރިހާ ބޭފުޅުންވެސް ތިލަފަތަށް ވޯޓު ދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑާއި އެކުގައި މިމަސައްކަތް ފަށައިގަތް ވަރަށް ގިނަ ބޭފުޅުން އެބައުޅޭ. އަދި އެމީހުން މިތަނަކުން ނުފެނޭ. އަޅުގަނޑަށް އެނގޭނެ އެމީހުންގެ މޫނު ފެނުނީމާ. އެއީ އަޅުގަނޑު ވަރަށް ދެރަވާކަމެއް. ޝަކުވާ ބަންނަން ވެއްޖިއްޔާ އަޅުގަނޑަށްވުރެ ގިނައިން، އެކަން ކުރަން ހުރިމީހެއްވެސް ނެތް. މިއީކީ ޝަކުވާ ބަދެވެން އޮތް ކަމެއްނޫން. އަޅުގަނޑުމެން އެކި ގޮތްގޮތަށް މަޝްވަރާކޮށްފިން ކިހިނެތްތޯ މިވާހަކަ ދައްކާނީ. އަޅުގަނޑުމެން އެކުދިންނާއި ވަކިން ހޯދައިގެން ބައްދަލުކޮށްގެން ދައްކާނީތޯ، ނުވަތަ އެހެން ގޮތަކަށް ދައްކާނީތޯ އަޅުގަނޑަށް ވަނީ މިޖަލްސާ ކުޑަކުރުމުގެ އެންމެ ބޭނުމަކީވެސް އެކުދިން އަޅުގަނޑުމެންނާއިއެކު ތިބުމަށް އާދޭހާއިއެކު ދަންނަވަން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިޚާބާއި ދިމާކޮށް ސަރުކާރުން ދަނީ ކުއްލިއަކަށް ބޮޑެތި މަޝްރޫޢުތަކެއް އެދާއިރާގައި ފަށާފައެވެ. މީގެ ތެރެއިން ގިނަ ޕްރޮޖެކްޓުތަކަކީ ބަޖެޓުގައިވެސްނެތް އަދި ފައިސާވެސް ހަމަނުޖެހިފައި ނުވާ ޕްރޮޖެކްޓުތަކެކެވެ. ނަމަވެސް މިއީ ނުފޫޒުކަމަށް ވާދަވެރި ފަރާތްތަކުން ދެކުނު ނަމަވެސް މިކަން ހުއްޓާނުލާނެކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު ގިނަ ބަޔަކު ކުރަމުންދާއިރު، މިއީ ކުރިއަށް އިންތިޚާބެއް އޮއްވައި ނުފޫޒު ނޫން އެއްޗަކަށް ނުވާނެކަމަށް ސަރުކާރުގެ ކޯލިޝަންގެ ބައެއް ބައިވެރިންވެސް ދަނީ ބުނަމުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގިނަ ކަންތައްތަކެއް ފެންނަމުންދާކަމަށާއި، ނަމަވެސް ރައްޔިތުން ވަގުތީ މަންފާގައި ނުޖެހި ގާބިލް ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އުދުހޭކޮކާ
ޑެންމާކުގައި ﷲ އަށް ގޮންޖަހައި ރަސޫލާ(ޞޢވ) އަށް ފުރައްސާރަ ކޮށްފައި ރައްޔިތުންނަށް މާހެޔޮއެދޭ ކަމަށް ދެއްކެން އުޅޭނެ ކަމަކު ނެތޭ. މިކޮމެންޓު ޖަހާނެބާ؟
ބ ބޭނުން
ތިޔައީ ބޮޑުބުހުތާންދޮގުހަދާ ޖާހިއްޔަތަށްގޮވާ އެކަމުގަ އުޅޭޕާޓީއެއް އަދި ޔާމީނުވެސް އޭގެމަކަރުވެިއެއް! އެކަކުވެސް ތި2ޕާޓީއަށްވޯޓްނުދިނުމަށްގޮވާލަން!
ޝ ޝމީމު
ފިސްތޯލަޕާޓީގެ ބަޣާވާތްކުރި މުލަ ދެ ބާޣީންނަކީ އަދި މާ ނުބައި ދެ ހިޔަޅުން. ފިސްތޯލަ ޕާޓީ އަށް ވެސް ވޯޓު ނުދޭތި
ޚ ޚަނޮޅި
މޫނުތަކެއް ނުފެންނާނެ ހަދަނީހުސްދޮގު މީ އެމޫނުތައް ނުފެންނަން ޖެހޭ އެންމެރަގަޅު ވަގުތު