ރާއްޖޭގައި ފުޓްސަލް ކުޅެން އަންހެން ކަނބަލުން އެންމެ ގިނަ އެއްރަށަކީ، ށ.ފުނަދުއެވެ.
ފުނަދޫ ޒުވާނުން ކަނަބަލުންގެ ތެރޭގައި ފުޓްސަލްގެ ފޯރި ގަދަވެ، ފުޓްސަލް ކުޅޭ ޒުވާނުން ކަނބަލުން އިތުރުވެ ރަށުގައި ދޭތެރެ ދޭތެރެއިން ފޯރިގަދަ މުބާރާތްތައްވެސް ދަނީ ބާއްވަމުންނެވެ. ނަމަވެސް ފުނަދޫ އަކީ އާބާދީވެސް ބޮޑު އަދި ޒުވާން ފިރިހެނުންގެ ތެރޭގައިވެސް ފުޓްސަލް ބޮޑު ފޯރިއެއް އޮތް ރަށަކަށްވުމުން ރަށުގައި އޮންނަ ފުޓްސަލް ދަނޑަށް ގަޑިބަހައިގެންވެސް އަންހެން ކަނބަލުންނަށް ކުޅެލަށް ދަނޑު ލިބެނީ މަދު ވަގުތުކޮޅަކަށެވެ.
ފުނަދޫގެ ކަނބަލުންގެ ތެރެއިން ކަނަބަލަކު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ޓެގްކުރައްވައި ވަނީ އިތުރު ފުޓްސަލް ދަނޑެއް ފުނަދޫގައި ގާއިމްކޮށްދެވޭ އިންތިޒާމު ހަމަޖެއްސުމަށް އެދިވަޑައިގެނަފައެވެ. އެނާ ބުނެފައިވަނީ ފުނަދޫއަކީ މިފަހަކަށް އައިސް ފުޓްސަލްއަށް ލޯބިކުރާ ޒުވާން އާބާދީއެއް އޮތްރަށެއްކަމަށެވެ. އަދި ރަށުގެ އާބާދީގެ ތެރެއިން ފިރިހެން ފުޓްސަލް ޓީމުތަކެކޭ އެއްވަރަށް އަންހެން ފުޓްސަލް ޓީމުތައްވެސް އޮތް ރަށެއްކަމަށެވެ. ގިނަބަޔަކު ފުޓްސަލް އަށް ޝައުގުވެރިކަން ހުރެ ކުޅެލަން އެކަށީގެންވާ ވަރަށް ދަނޑު ނުލުބިމުކީ އޮތް ކަންބޮޑުވުމެއްކަމަށް އޭނާ ބުނެފައިވެއެވެ.
Sh. Funadhoo akee mifahakah aiss Futsal eimme foariya eku kulhemun Anna rasheh. Funadhoogai firihen team thakai eivarah anhen Futsal team thah ovey hithaama akee, Futsal kulhen eimme dhandeh othun, furusathu thah nethun, @AhmedMahloof @MoYSCEmv pic.twitter.com/gffOgH62rO
— Suvey Huxen?? (@huxen_suvey) November 6, 2020
ޔޫތު މިނިސްޓްރީން ދަނީ މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ރާއްޖޭގައި ފުޓްސަލް ދަނޑުނެތް ރަށްތައް ނިސްބަތުން ވަރަށް މަދެވެ. މިނިސްޓަރ މަހުލޫފް ގެންދަވަނީ ފުޓްސަލް ދަނޑު ނެތް ހުރިހާ ރަށެއްގައި ދަނޑު އެޅުމުގެ މަސައްކަތް ކުރަމުންވެ.
ރާއްޖޭގެ ޒުވާނުންގެ މެދުގައި ފުޓްސަލަށް އަށް އޮންނަ ފޯރި އިތުރުވެ ގިނަ ރަށްތަކެއްގައި ފޯރިގަދަ އަގުބޮޑު ފުޓްސަލް މުބާރާތްތައް ދަނީ ބާއްވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ފަހި ގޮތެއްގައި ތަނަވަސް ކޮށްދެއްވުމެވެ.