މޫނު ބުރުގާ މައްސަލާގައި ދެ ސަރުކާރުންވެސް ދައްކަނީ ދެކޮޅުނުޖެހޭ ބަހަނާތަކެއް: ޢުމަރު ނަޞީރު

މޫނު ބުރުގާ މައްސަލާގައި ދެ ސަރުކާރުންވެސް ދައްކަނީ ދެކޮޅުނުޖެހޭ ބަހަނާތަކެއް: ޢުމަރު ނަޞީރު

މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވާދިނުމާ ދެކޮޅަށް މި ސަރުކާރާ ކުރީ ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެއްސޭ ބަހަނާ ތަކެއްކަމަށެވެ.

މިއީ ހުޅަނގުގެ ޤައުމުތަށް ރުއްސުމަށް ދައްކާ ވާހަކަތަކެއްކަމަށާއި، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިފަދަ ކަންކަން މަނާކުރުމަކީ ކުރެވިގެންވާނޭ ކަމެއްނޫންކަމަށްވެސް ޢުމަރު ނަސީރު ވިދާޅުވިއެވެ.

މާސްކްއަޅައިގެން ކިޔަވާދިނުމާ، މޫނުބުރުގާ އަޅައިގެން ކިޔަވާދިނުމާ ހުރީކޮންތަފާތެއްތޯ ސުވާލުކުރައްވާ ޢުމަރު ނަސީރު ވިދާޅުވީ ދުނިޔޭގެ އެންމެން ކަހަލަގޮތަކަށް ފޭސް މާސްކް އަޅައިގެން އުޅޭތާ 2 އަހަރުވެފައިވާއިރު، ދުނިޔޭގެ އެއްވެސް ޤައުމަކުން، މޫނުބުރުގާ އާއި ދެކޮޅަށް ދެން ދައްކަންއޮތީ ކޮން ހުއްޖަތެއްތޯވެސް ސުވާލު ކުރެއްވިއެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާއި ގުޅޭގޮތުން ޚިޔާލުތަފާތުވެފައިވާއިރު، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނޭޅުއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ އެދިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ބުރުގާ ނެގުމަށް އަންގާފައެވެ.

އެޑިއުކޭޝަންގެ އެ އެންގުމާއެކު ވަނީ ވަރަށް ބޮޑު ފާޑުކިޔުމެއް މިނިސްޓްރީއަށާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް އަމާޒުވެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މޫނު ބުރުގާ އެޅިނަމަވެސް ކިޔަވައިދޭ ގަޑީގައި މޫނު ނެގުމަށް އެނގީ، ކުދިންނަށް ކިޔަވައިދިނުމަށް ޝަޢުޤުވެރިކަން އުފެއްދުމަށްކަމަށެވެ.

މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތް ކުރުމާއި ގުޅޭ އުސޫލާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި މިވަގުތުވެސް މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭކަމަށެވެ. އަދި އެފަދަ މުވައްޒަފުންނާ މެދު އާމަލުކުރަނީ މުވައްސަސާގެ އެހެން މުވައްޒަފުންނާ މެދުގައިވެސް ޢަމަލުކުރާ އުސޫލުން، އެއްވެސް ތަފާތުކުރުމެއް ނެތިކަމަށެވެ. އަދި، ޖެނުއަރީ 2019ގެ ފަހުން މިނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައިވެސް ނުވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *