ޓީޗަރުން މޫނުބުރުގާ ނެގުމުގެ މައްސަލާގައި ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ އިސްތިއުފާދެއްވުމަށް ގޮވާލައްވައިފިއެވެ.
މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނޭޅުއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ އެދިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ބުރުގާ ނެގުމަށް އަންގާފައެވެ.
އެޑިއުކޭޝަންގެ އެ އެންގުމާއެކު ވަނީ ވަރަށް ބޮޑު ފާޑުކިޔުމެއް މިނިސްޓްރީއަށާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް އަމާޒުވެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ މޫނު ބުރުގާ އެޅިނަމަވެސް ކިޔަވައިދޭ ގަޑީގައި މޫނު ނެގުމަށް އެނގީ، ކުދިންނަށް ކިޔަވައިދިނުމަށް ޝަޢުޤުވެރިކަން އުފެއްދުމަށްކަމަށެވެ.
މި ބަހުސްގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑުވިދާޅުވެ ޑރ.އިޔާޒް ވިދާޅުވީ، ދަރިވަރުން އަބަދު ތިބޭނީ މުދައްރިސްގެ މޫނުމައްޗަށް އަރުވާ ރޫތައް ނުވަތަ ހާކާފައި ހުންނަ ކުލަތައް ބަލަން ނޫންކަމަށެވެ. ދަރިވަރުންނަށް މުހިންމުވާނީ ފިލާވަޅުގެ ތަފްސީލްކަމަށް ވިދާޅުވެ ޑރ.އިޔާޒް ވަނީ އެވަރު އެނގިވަޑައިނުގަންނަވާނަމަ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.
މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތް ކުރުމާއި ގުޅޭ އުސޫލާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި މިވަގުތުވެސް މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭކަމަށެވެ. އަދި އެފަދަ މުވައްޒަފުންނާ މެދު އާމަލުކުރަނީ މުވައްސަސާގެ އެހެން މުވައްޒަފުންނާ މެދުގައިވެސް ޢަމަލުކުރާ އުސޫލުން، އެއްވެސް ތަފާތުކުރުމެއް ނެތިކަމަށެވެ. އަދި، ޖެނުއަރީ 2019ގެ ފަހުން މިނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައިވެސް ނުވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދީފައިވަނީ، ކިޔަވައިދޭ ވަގުތުގައި ދަރިވަރުންނަށް މޫނު ފެންނާނެގޮތަށް ތިބޭގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވަރބަލް ބިހޭވިއަރ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް، މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އެޅުމަށް އަންގާފައިވަނީ ސިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖްބޫރީ ޙާލަތެއް މެދުވެރިވެފައިވާތީކަމަށެވެ.
މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރުނީ، ސްކޫލްތަކުގައި މޫނު ބުރުގާ އެޅި ޓީޗަރުންނަށް ކިޔަވައިނުދެވޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
3 Responses
ސާބަހޭ އިޔާޒް.
އެޑިއުކޭޝަން މިނިސްޓަރ ބޭނުންވާނީ އެކަމާނާގޮތައް ދަރިވަރުންވެސް ބުރިއަށް ބާރު ، ވަނާތަކާއި ފާޅުވާ ހެދުމާއި ޔުނީފޯމް އަޅުވާ ، އެކުދީން އިސްލާމީ ރިވެތި އުސޫލުން އެއްކިބާކޮށް އެކަމަނާ އުޅޭގޮތައް ވަނާތައް ދައްކަމުން ރަށުތެރޭގަ ދަރިވަރުންނާއި ޓީޗަރުން ލައްވާވެސް އުޅުވުން.
ޢިއްޑިޔާ މިލިޓަރީ އައުޓް
މޫނު ބުރުގާ އަޅުއްވާ އުހްތުންނަކީ އިސްލާމީ ހައިރާކީގެ ނުހަނުމަތި. މި ލެވެލް އިން އެކަނބަލުންގެ އަޑާއި ހެލިފެލިވުން ވެސް ބައެއް ދަންނަބޭކަލުންގެ ރައުޔުންވަނީ އައުރައިގެ ގޮތުގައި ނިންމާފައެވެ. އެހެންކަމުން މިފަދަ ފިތުނަފަސާދަ ދުވަސްވަރެއްގައި އެކަނބަލުން ވަޒީފާއަށް ނިކުތުން ރައްކާތެރިއެއްނޫނެވެ. އެހެނީ މޫނު ނުފެންނަ ހާލަތެއްގައި ބޭރުތެރޭ ކޮންމެފަދަ ތުހުމަތެއްވެސް މިބައިމީހުން އުހުތުންގެ ބޮލުއަޅުވަފާނެތެވެ. ނަބިއްޔާގެ އަނބިއަނބި ކަނބަލުންވެސް އެކި ތަންތަނަށް ވަޒީފާއަށް ވަޑައިގެންފަވާކަން އެނގޭކަށްނެތެވެ. އައިޝަތުގެފާނު އަރިހަށް އުނގެނެން މީހުން އައެވެ.
އަޅުގަނޑު ބުރަވަނީ އަބުރުވެރިކަމާއެކު ގޭގަ ތިއްބެވުމަށެވެ.
މޫބުރުގާއެޅުންވަރައްރަގަޅު ، އެކަމުމޫބުރުގާއަޅާމީހުން ފިރިމީހާމަސައްކަތުންހޯދާލާރިންގޭގަދަރިންރަގޅުގޮތުގަތަރުބިއްޔަތުކުރަންތިބުންމާމޮޅު .