ލޯބިވާ މީހުން ގާތު ދުލުން ސީދާ ލޯބިވެޔޭ ނުބުނެ ލޯބި ފާޅު ކުރެވޭނެ ގޮތްތަކެއް އެބަހުއްޓެވެ. ދުލުން ބުނެގެން ވެސް ލޯބިވާކަން ހާމަ ކުރެވިދާނެއެވެ. އެހެން ނަމަވެސް މި ކިޔައިދެނީ ދުލުން ލޯބިވާ ވަހަކަ ނުބުނެ އެހެންނަމެސް ލޯބިވާކަން ދެއްކިދާނެ 5 ގޮތެކެވެ.
ތައުރީފުކުރުން
ކުރާ ކަންކަން ބަލައިގަތުމަކީ މީހުން ވަރަށް ގާޔާވާ ކަމެކެވެ. ހިތްވަރުދީ ކުރާ ކަންކަން ބަލައިގަތުމާއި ތައުރީފު ކުރުމުން ލޯބިވާކަން ހާމަކޮށްދެއެވެ. މިފަދަ ކަންކަމަކީ ލޯތްބާއި ކުލުނު އަދި އަޅައިލުން ދައްކުވައިދޭ ކަމެކެވެ.
އެކުގައި ވަގުތު ހޭދަކުރުން
ތިބާގެ ބައިވެރިޔާ އާއެކު ވަގުތު ހޭދަ ކުރުމަކީ ލޯބި އިތުރުވާ ކަމެކެވެ. ހަމަ އެކަނި ބައިވެރިޔާއަށް ހުރިހާ ސަމާލު ކަމެއް ދީ ބައިވެރިޔާ ދައްކާ ވާހަކަ އަޑު އެހުމަކީވެސް ލޯބިވާކަން ދެއްކުމަށް ކުރެވިދާނެ ލޯބި އިތުރުވާނެ ކަމެކެވެ.

ކުދި ކުދި ކަންކަމުގައި އެހީވުން
ލޮތްބަކީ މުޅިންވެސް ކޮށްދޭ ކުދިކުދި ކަންތައްތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ގޭތެރޭގައި ބައިވެރިޔާ ކުރާ ކަންކަމުގައި ބައިވެރިޔާއަށް އެހިތެރިވެދީ، ކުދި ކުދި ކަންކަން ކޮށްލަދިނުމަކީ ވެސް ހަމަ ލޮތްބެވެ.
ހަދިޔާ ދިނުން
ބައިވެރިޔާއަށް ހަދިޔާ ދީ ސަޕްރައިޒް ދިނުމަކީ ބައިވެރިޔާ ކުރާ ކަންކަން ބަލައިގަންނަކަން ދެއްކުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. ދޭތެރެ އަކުން ހަދިޔާއެއް ގެނެސް ދިނުމަކީ ލޯބިވާކަން ހާމަކޮށްދިނުމަށް ކުރެވިދާނެކަމެކެވެ. ވަކި ދުވަހެއް ނުވަތަ މުނާސަބަތަކާ ގުޅުވައި ހަދިޔާ ދިނުމުގެ ބަދަލުގައި ދޭތެރެ ދޭތެރެއިން ހަދިޔާ އެއް ދިނުމުން ލޯބި އިތުރުވެއެވެ.
ފިޒިކަލް ޓަޗް
އަތުގައި ހިފާލުން ނުވަތަ ލޯބިން ބައްދާ ލުމަކީވެސް ލޯބި ފާޅު ކުރެވިދާނެ ގޮތެކެވެ. މިއީ ލޯބި ފާޅު ކުރުމަށް އެންމެ ފަސޭހަ ގޮތް ކަމުގައި ވެއެވެ. މި ނޫނަސް އަތުގައި ހިފާލައިގެން ހިނގާލަން ދިއުމާއި ދޭތެރެއަކުން ގޮވައިގެން ސައިކަލު ބުރެއް ޖަހާލަން ދިއުމަކީވެސް ހަމަ ލޯބި ކަންތައްތަކެވެ.
މިއީ ދުލުން ނުބުނި ކަމުގައިވިޔަސް ލޯބި ވާކަން ފާޅުކުރެވޭނެ ގޮތްތަކެވެ. މި ކަންކަން ކުރި ކަމުގައިވިޔަސް ދުލުން ލޯބިވާ ކަމަށް ބުނުމަކީ ވެސް ނެތް ކަމެއް ނޫނެވެ.
ދިރިއުޅުމަށް ލޮތްބަކީ މުހިންމު އެއްޗަކަށް ވާއިރު އަދި އެކަކު އަނެކެއްދެކެ ވާލޯބި ކޮންމެވެސް ގޮތަކުން ހާމަކޮށް ބަޔާންކޮށްދިނުމީ އުފާވެރި ހަޔާތަކަށް ކޮންމެހެން މުހިންމު ކަންކަމެވެ.
ކޮމެންޓު ފޮނުވާ